Ads by Farudhun

ޚަބަރު

އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަންކުރުމަށް ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށައަޅައިފި

އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަންކުރުމަށް ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޯގަސްޓު 2026، 04:22

16 އޯގަސްޓު 2026، 04:22

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އައްޔަންކުރުމަށް ރުހުންހޯއްދެވުމުގެ ގޮތުން ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ދެ ބޭފުޅެއްގެ ނަން ރައީސް މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ، އެ ކޮމިޝަންގެ މެންބަރު ސަމާއު އަހުމަދު ނަޖީބުގެ މެންބަރުކަމުގެ ދައުރު އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހަށް ހަމަވާތީއެވެ.

އެ ކޮމިޝަނުގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ދެ ބޭފުޅުންނަކީ ޝަމްއޫން ހަމީދު އަދި މިހާރު ވެސް އެ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި ސަމާއު އަހުމަދު ނަޖީބުއެވެ. މީގެ ތެރެއިން ޝަމްއޫން ހަމީދަކީ މީގެ ކުރިން ވެސް އެޗްއާރްސީއެމްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ވަނީ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަ އެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450