ޚަބަރު
އެމްޑަބްލިޔުއެސްސީ މުވައްޒަފުންނަށް "ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް" ކުރިއަށްގެންގޮސްފި
އެމްޑަބްލިޔުއެސްސީ މުވައްޒަފުންނަށް "ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް" ކުރިއަށްގެންދިޔުން. ފޮޓޯ:އެމްއެންޑީއެފް
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސްއިން މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް" އެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.
ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި މި މަހުގެ 13 އިން 15 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެމްޑަބްލިޔުއެސްސީގެ 39 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިންނަށް މުހިންމު ދާއިރާތަކަކުން މަޢުލޫމާތާއި ތަމްރީނު ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ލީޑަރޝިޕްގެ ފަންކްޝަންތަކާއި، ކޮމާންޑް ޓާސްކް، ޓީމް ބިލްޑިންގ އެކްސަސައިޒް، އަލިފާނުގެ ޙާދިސާތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތަކާއި، ފުރަތަމައެހީ އަދި އެބަންޑަން ޝިޕްގެ ބައިތައް ވަނީ ކިޔަވައިދީ އަމަލީ ތަމްރީނުތައް ދީފައެވެ.
މި ޕްރޮގްރާމަކީ ލީޑަރޝިޕްގެ ދައުރާއި ޝަޚްޞިއްޔަތު ދެނެގަތުމަށާއި، މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، ވާދަވެރި މާހައުލެއްގައި ޓީމުގެ ރޫޙާއި ގުޅުން ހަރުދަނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
އެމްއެންޑީއެފުން ހިންގާ މިފަދަ ޕްރޮގްރާމްތަކަކީ އެމްއެންޑީއެފް ރޭންޖް އޮފް މިލިޓަރީ އޮޕަރޭޝަންސްގައި ހިމެނޭ "މިލިޓަރީ އެއިޑް ޓު ސިވިލް ސޮސައިޓީ" ގެ ދަށުން، މަދަނީ މުޖުތަމަޢާއި އެމްއެންޑީއެފާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި އިޖުތިމާޢީ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.