Ads by Farudhun

ޚަބަރު

އުތީމުގައި ބިނާކުރި މުތީ ޕާކު ހުޅުވައިފި

އުތީމުގައި ބިނާކުރި މުތީ ޕާކު ހުޅުވައިފި

މުތީޕާކު ހުޅުވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޯގަސްޓު 2026، 10:16

16 އޯގަސްޓު 2026، 10:16

ހއ. އުތީމުގައި އަލަށް ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. "މުތީ ޕާކު"ގެ ނަމުން ނަންދީފައިވާ މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒުއެވެ.

މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމުން ބައިވެރިވެފައިވެއެވެ.

އުތީމު ކައުންސިލުން ޚަރަދުކޮށްގެން، އެ ރަށުގެ ބޯޅަދަނޑާ އިންވެގެން އޮތް ހުސްބިމުގައި ތަރައްޤީކުރި މި ޕާކަކީ ރަށުގައި ކުޑަކުދިންގެ ޕާކެއް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަސައްކަތަށް ބޭނުންވާ ސާމާނު ހޯދުމާއި، ޕާކު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ކައުންސިލާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެންނެވެ.

މި ޕާކުގައި ސީސޯއާއި އުނދޯލީގެ އިތުރުން ބޯޅަ ކުޅޭނެ ސަރަޙައްދަކާއި، އިށީނދެ ތިބޭނެ ބެންޗުތަކާއި، ހިނގާބިނގާވެ އުޅުމަށް ޚާއްސަ ވޯކްވޭތައް ވަނީ ހަދާފައެވެ. އަދި ރޭގަނޑުވެސް ބޭނުންކުރެވޭނެހެން ލައިޓްތައް ވަނީ ހަރުކޮށްފައެވެ. ޕާކު ހުޅުވުމުގެ އިތުރުން، ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމު ގަނޑުވަރު މައިދާނުގައި ކުޑަކުދިންގެ ޚާއްސަ ހަވީރެއްވެސް މިއަދު ވަނީ ބާއްވާފައެވެ.

މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް އުތީމުގައި ފާހަގަކުރަމުންދާއިރު، ރަސްމީ ޖަލްސާއާއި، ހަވާ އެރުވުމާއި، ސަގާފީ ޝޯވގެ އިތުރުން ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާއްޓާއި ވާހަކަ ވައު ހުޅުވުން ފަދަ ގިނަ ހަރަކާތްތަކެއް އެ ރަށުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450