Ads by Farudhun

ޚަބަރު

ބާރަށުގެ ކުނި މެނޭޖުކުރުން ވެމްކޯއާ ހަވާލުކޮށްފި

ބާރަށުގެ ކުނި މެނޭޖުކުރުން ވެމްކޯއާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ: ބާރަށު ކައުންސިލް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 އޯގަސްޓު 2026، 10:10

17 އޯގަސްޓު 2026، 10:10

ހއ. . ބާރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފައެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރެވުނީ އެ ރަށުގައި އެކަމަށް ޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަބްދުﷲ ޝިނާންއެވެ. އަދި އެއްބަސްވުމުގައި ބާރަށު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލުގެ ރައީސް ޢަލީ ޝަމީމެވެ.

ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖުކުރުމުގެ ރަނގަޅު ނިޒާމެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވެމްކޯއާއިއެކު އެ ރަށުގައި މި އެއްބަސްވުމުގައި ސޮއިކުރެވިގެން ދިއުމުގެ ސަބަބުން، ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި އެއްބަސްވުމާއިއެކު، އެ ރަށުގެ ކުނި މެނޭޖުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ވެމްކޯއިންނެވެ. 

ވެމްކޯގެ ޚިދުމަތް ރަށްރަށަށް ފުޅާކުރުމަށާއި، ރާއްޖެގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ އެތައް މަސައްކަތެއް ކުރައްވަމުންނެވެ. މިކަމަށް ޓަކައި، ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުތައް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެ ކުންފުންޏާއި ހަވާލުކޮށްފައެވެ.

މީގެ އިތުރުން، އަތޮޅުތަކުގައި ޤާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުތަކާއެކު، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން މީގެ ކުރިން މަޢުލޫމާތުދެއްވި ގޮތުގައި، ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި ވެމްކޯއާ ހަވާލުކޮށްފައިވާ 110 ރަށެއްގެ އިތުރުން، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާ 19 ރަށެއް ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450