Ads by Farudhun

ޚަބަރު

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

މި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 އޯގަސްޓު 2026، 10:19

17 އޯގަސްޓު 2026، 10:19

ދެކުނު އޭޝިއާ ސަރަހައްދުގެ، ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ، އއ. އުކުޅަހުގައެވެ. ބައްދަލުވުން ކުރިއަށް ގޮސްފައި ވަނީ މި މަހުގެ 15-16 އަށް ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 

ރާއްޖޭގެ ހޭނައްތާ ޑޮކްޓަރުންގެ  ޖަމިއްޔާ (MAA) އާއި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ގުޅިގެން ބޭއްވި މި ބައްދަލުވުމުގައި ޖުމްލަ 220 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި،  އޭގެތެރެއިން ސާކްގެ އެކި ގައުމުތަކުގެ އެނެސްތީސިއޮލޮޖީ ދާއިރާގެ 190 ތަޖުރިބާކާރުން ހިމެނެއެވެ.

އެގޮތުން، އިންޑިޔާ، ޕާކިސްތާން، ބޫޓާން، ސްރީލަންކާ، ނޭޕާލް ފަދަ ގައުމުތަކުގައި ފާހަގަކޮށްލެވޭ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، ސިއްޙީ ޚިދުމަތްތެރިންނާއި، ކީނޯޓް ސްޕީކާރސް ވަނީ މި ކޮންފަރެންސްގައި ބައިވެރިވެފައެވެ.

ދެ ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ ކޮންފަރެންސްގައި އެނެސްތީޝިއޮލޮޖީ ދައިރާގެ އެންމެ ފަހުގެ ދިރާސާތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރާއްޖޭގައި  މިދާއިރާއިން ކިޔެވުމަށް ހުރި ފުރުސަތުތަކާއި، ކްލިނިކަލް ތަޖުރިބާ، ރިސާރޗާއި، މައުލޫމާތާއި ތަޖުރިބާތައް ހިއްސާކޮށްފައިވެއެވެ. 



މީގެ އިތުރުން، މި ދާއިރާ އިތުރަށް ތަރައްގީކުރުމަށް، ހުރިހާ ގައުމުތަކުން ގުޅިގެން ކުރެވިދާނެ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

އަދި، މި ސަރަހައްދުގެ ސްޕެޝަލިސްޓުން މި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ޕްރޮފެޝަނަލް ނެޓްވޯކްތައް ބިނާކުރުމާއި، އެކި ޤައުމުތަކުގެ ބެސްޓް ޕްރެކްޓިސްތައް ދެނެގަތުމާއި ފުރުޞަތުތައް ހޯދުންމަކީ ވެސް މި ބައްދަލުވުމުގެ މުހިންމު މަގްސަދެކެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450