Ads by Farudhun

ޚަބަރު

ކޯޓުތަކުގެ ހުކުމްތައް އެއްތަނަކުން ބަލާލެވޭ އޭއައި ވެބްސައިޓް "ސަރިޔަތް" ލޯންޗްކޮށްފި

ކޯޓުތަކުގެ ހުކުމްތައް އެއްތަނަކުން ބަލާލެވޭ އޭއައި ވެބްސައިޓް "ސަރިޔަތް" ލޯންޗްކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޯގަސްޓު 2026، 11:26

17 އޯގަސްޓު 2026، 11:26

ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުންތައް އެއް މަންސައަކުން ފަސޭހަކަމާއެކު ހޯދައި، ދިރާސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން "ސަރިޔަތް" ގެ ނަމުގައި ހާއްސަ ވެބްސައިޓެއް ލޯންޗްކޮށްފިއެވެ.

ހައިކޯޓުގެ ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ފަރުމާކުރައްވައި ވުޖޫދަށް ގެންނެވި މި ވެބްސައިޓަކީ، ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި ދިރާސާކުރާ ފަރާތްތަކުގެ އިތުރުން އާންމުންނަށް ވެސް ކޯޓުތަކުގެ ނިޔާތަކާއި ހުކުމްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

ކޯޓުން މައުލޫމާތު ދިން ގޮތުގައި މި ވެބްސައިޓުގައި މިހާރުވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ގާތްގަނޑަކަށް 6،000 މައްސަލައިގެ ނިންމުން ވަނީ ހިމަނާފައެވެ. މި ވަގުތު މައިގަނޑު ގޮތެއްގައި މަތީ މަރުހަލާގެ ދެ ކޯޓުގެ ނިންމުންތައް ހިމެނިފައި ވީނަމަވެސް، ސުޕީރިއާ ކޯޓުތަކުގެ ނިންމުންތައް ވެސް މި ވެބްސައިޓަށް އަޕްލޯޑް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ދަށު ކޯޓުތަކުގެ ނިންމުންތަކާއި، ހައިކޯޓުގެ ކުރީގެ އަތުލިޔުމުން ހުރި މުހިންމު ނިންމުންތައް ވެސް މި ވެބްސައިޓަށް އިތުރުކުރުމުގެ މަސައްކަތްތައް ރޭވިގެން ކުރެވެމުންދާ ކަމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު ފަރުމާކޮށްފައިވާ "ސަރިޔަތް" ވެބްސައިޓުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްފައިވާތީ، ވަކިވަކި މައްސަލަތައް ހޯދުމުގައި ވަރަށް ބޮޑެތި ފަސޭހަތަކެއް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ވަކިވަކި ފަނޑިޔާރުންގެ ނިންމެވުންތަކާއި، އެކި ގާނޫނީ އުސޫލުތައް އަދި މައްސަލައިގެ ބާވަތަށް ބަލައިގެން ވަކިވަކިން ނިންމުންތައް ސާޗްކޮށްލެވޭނެއެވެ.

ގާނޫނީ ހޭލުންތެރިކަން އިތުރުކުރުމަށާއި އަދުލު އިންސާފުގެ ދާއިރާގެ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ މި ވެބްސައިޓުގައި ރަޖިސްޓަރީ ވެގެން ކޮންމެ މީހަކަށްވެސް މުޅިން ހިލޭ މީގެ ހިދުމަތްތައް ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450