ޚަބަރު
މާފިލާފުށީގައި ޤައުމީ ޚިދުމަތުގެ ބައިވެރިންނަށް ތިމާވެށީގެ މުހިންމު ތަމްރީނުތަކެއް ދީފި
މާފިލާފުށީގައި ހިންގި ތިމާވެށީގެ ތަމްރީނުތައް.
ޤައުމީ ޚިދުމަތުގެ 3 ވަނަ ބެޗުގެ ބައިވެރިންނަށް ޚާއްޞަކޮށްގެން ތިމާވެށްޓާ ގުޅޭ ޚާއްޞަ މޮޑިއުލްއެއް ޅ. މާފިލާފުށީގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި މޮޑިއުލް ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓު މަހުގެ 8 އިން 11 ގެ ނިޔަލަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން 340 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި މި ސެޝަންތަކުގައި، ތިމާވެށި ރައްކާތެރިކުރުމުގެ ޒިންމާދާރުކަމާއި، ރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަމާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި މީގެ އިތުރުން، ރަށްރަށުގައި ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ވެސް މުހިންމު މަޢުލޫމާތުތަކެއް ވަނީ ޙިއްޞާކޮށްފައެވެ.
Empowering the next generation of environmental stewards!
— Min. of Climate Change, Environment and Energy, MV (@MoEnvmv) August 16, 2026
From August 8th–11th, the 3rd batch of National Service participants took part in an engaging Environment Module at Lh. Maafilafushi!
During the session, 340+ students from all over the country:
- Explored… pic.twitter.com/LnyPo1XZUF
މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ވަނީ މާފިލާފުއްޓާ ކައިރީގައި އޮންނަ ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއް ކަމަށްވާ މާކޯއަށް ޒިޔާރަތްކޮށް، އެތަން ތަޖުރިބާކޮށްފައެވެ. އަދި އަމިއްލަ ރަށްރަށުގެ ތިމާވެށީގެ ޙާލަތު ވަޒަންކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ޢަމަލީ ސާރވޭ ޓެކްނިކްތައް ވެސް ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައެވެ.
ކްލާސްރޫމުން ބޭރުން ޢަމަލީ ތަޖުރިބާ ހޯދައިދީގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ޖަޒީރާ ރަށްތަކުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ޒުވާން ޖީލު ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ.