Ads by Farudhun

ޚަބަރު

ޓެކްސްއަށް ގެންނަ ބަދަލަކީ ދިވެހި ކޮންޓްރެކްޓަރުންނަށް ލިބޭ ބޮޑު ކުރިއެރުމެއް: ރައްޔިތުންގެ މަޖިލިސް

ޓެކްސްއަށް ގެންނަ ބަދަލަކީ ދިވެހި ކޮންޓްރެކްޓަރުންނަށް ލިބޭ ބޮޑު ކުރިއެރުމެއް: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީސް ކުރާ ގެ ފޮޓޯ:މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 އޯގަސްޓު 2026، 01:28

17 އޯގަސްޓު 2026، 01:28

ދިވެހިރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސްއަށް ބަދަލުގެނައުމަކީ ދިވެހި ވިޔަފާރިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ "އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު"އަށް އިސްލާހު ގެނައުމުގެ ބިލަށް ބަޙުސްކުރައްވަމުންނެވެ. މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރުން ވަނީ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި މިހާރު ހަމަހަމަ ފުރުޞަތުތަކެއް ނެތުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި ބިލަށް ބަހުސްކުރައްވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ވިދާޅުވީ، މި ބަދަލާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް، ޚާއްސަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހި ކޮންޓްރެކްޓަރުންނަށް ބޭރުގެ ފަރާތްތަކާ އެއްހަމައެއްގައި ފައިހަމަކޮށްލެވޭނެ ކަމަށެވެ. އަދި މިއީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، އިޤްތިސާދަށް ލިބޭނެ މުހިންމު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ.

މިއީ ބޭނުންވާ އިސްލާހުތަކަކީ. ރާއްޖޭގެ ވިޔަފާރިވެރިންނަށް ފުރުސަތު ލިބި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދިރުވާ އާލާކުރުން

      މެމްބަރު އައްބާސް ވިދާޅުވިއެވެ.

މީގެއިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު އަޙްމަދު ނަޞީރު ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މި ބަދަލުތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ޤާނޫނުތަކަށް ގެންނަ ބަދަލުތަކުގެ ހަޤީގީ މަންފާ ކުރިއަށް އޮތް 2 އާއި 4 އަހަރު ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަހަރެއްގައި އާއްމު ރައްޔިތުން ހިތަށް އަރާފާނެ މި ބިލް ފާސްކުރާތަނުން ގިނަ އަދަދެއްގެ ޑޮލަރު ނުވަތަ އާމްދަނީ ލިބިގެންދާނެ ކަމަށް. މި ހުރިހާ ބަދަލުތަކެއް ގެންނަން ޖެހެނީ މީގެކުރީގެ ސަރުކާރުތަކުން ޤައުމާމެދު އިހުމާލުވެ ދަރުވާލާފައި އޮތީމަ

      މެމްބަރު ނަޞީރު ވިދާޅުވިއެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ޙުސައިން ވެސް ވަނީ ބޭރުގެ ކޮންޓްރެކްޓަރުން ރާއްޖޭގައި މަސައްކަތްކުރާއިރު ޓެކްސް ނުދައްކާ ދޫކޮށްލެވިފައި އޮތް އޮތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ޤައުމުގެ ވިޔަފާރީގެ ކަންކަން ބައްޓަންކުރަންވާނީ ދިވެހިންނަށް ފުރުސަތުތައް ފަހިވާ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނޫންނަމަ އަޅުގަނޑުމެންނަށް ފެނިގެންދާނީ ދިވެހިން ނިކަމެތިވެގެންދާތަން. އަޅުގަނޑުމެންނަކީ ތަރައްޤީވަމުންދާ ޤައުމަކަށްވާއިރު މިއަދުގެ ހާލަތު އޮތްގޮތުން ވިތްހޯލްޑިން ޓެކްސް އިތުރުކުރުމަކީ ކުރަން މުހިންމުކަމެއް

      އިބްރާހީމް ޙުސައިން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. ޤާނޫނު މިހާރު އޮތްގޮތުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާނަމަ، އެ ޓެކްސް ދައްކަންޖެހުނު އާމްދަނީގެ އަދަދަކީ އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެގޮތަށް އަމަލުކުރަން އިޚްތިޔާރުކޮށްފިނަމަ، އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުނިނުކުރެވޭނެ ކަމަށްވެސް މިހާރުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450