ޚަބަރު
ތުޅާދޫ ސަގާފީ މަރުކަޒުގެ ތަނބުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ
ތުޅާދޫ ސަޤާފީ މަރުކަޒިގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ބ. ތުޅާދޫ ސަގާފީ މަރުކަޒު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން، އެ އިމާރާތުގެ ތަނބުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، މައި އިމާރާތުގެ ހުރިހާ ފުޓިންގްސްތަކެއް ކާސްޓްކޮށް، ޓައި ބީމްގެ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައި ކަމަށެވެ.
މި މަޝްރޫއަކީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
Project Update: Two storey cultural center at B. Thulhaadhoo
— MTCC Plc (@MTCCPlc) August 17, 2026
Main building all footings casted and tie beam rebar works completed.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/2luWRPw7z3
މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 420 ދުވަސްތެރޭ ނިންމާގޮތަށެވެ. އަދި ހަވާލުކޮށްފައިވަނި 24.4 މިލިޔަން ރުފިޔާއަށެވެ.
ސަގާފީ މަރުކަޒު ނިމުމުން އެތަނުގައި ލިޔެލާޖެހުމާއި، އަތްތެރި މަސައްކަތާއި، ގެތުން އަދި ލަކުޑީގެ މަސައްކަތް ފަދަ ސަގާފީ ހުނަރުވެރި ފަންނުތަކުން ތަމްރީނު ދެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެމްޓީސީސީން ބުނެފައިވަނީ މި ސެންޓަރުގައި ކެފޭއަކާއި، ހިތްފަސޭހަކޮށްލުމަށް ޖާގަ ހުންނާނެ ކަމަށެވެ.
މި ސަގާފީ މަރުކަޒުގެ މަސައްކަތް ފުރިހަމަވުމާއެކު، ދިވެހި ސަގާފީ ފަންނުތައް ކަމުގައިވާ ލިޔެލާޖެހުމާއި، ތަފާތު އަތްތެރި މަސައްކަތްތަކުގެ އިތުރުން ވިޔުމާއި ވަޑާމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގޭނެއެވެ. މީގެއިތުރުން، މި މަރުކަޒުގައި ކެފޭއެއްގެ ޚިދުމަތާއި އަރާމުކޮށްލެވޭނެ ހިތްގައިމު ސަރަޙައްދެއް ހިމެނޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މި މަސައްކަތަކީ، ދިވެހިރާއްޖޭގައި ފަންނީ އިޤްތިޞާދެއް ޤާއިމްކުރުމާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ޘަޤާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި ތަޞައްވުރުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތެއްކަން ވުޒާރާއިން ފާހަގަކުރިއެވެ.