Ads by Farudhun

ޚަބަރު

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

ރިސޯޓެއްގެ މަންޒަރެއް. ފޮޓޯ: އިންޓާނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޯގަސްޓު 2026، 05:03

17 އޯގަސްޓު 2026، 05:03

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން، ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މިހާރު ހިންގަމުންދާ ތަންތަނާއި، އެ ވުޒާރާގެ ހުއްދަނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާމެދުގައެވެ.

އެހެންކަމުން، ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ އެންމެހައި ކުއްޔާއި ޖޫރިމަނާ ފައިސާ، ކުލީގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަވަހަށް ދައްކައި ޚަލާޞްކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450