Ads by Farudhun

ޚަބަރު

އެމްޑީޕީ ސަރުކާރުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ދެގުނައަށް އިތުރުކުރި: މާލީ ވަޒީރު

އެމްޑީޕީ ސަރުކާރުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ދެގުނައަށް އިތުރުކުރި: މާލީ ވަޒީރު

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު. ފޮޓޯ މަޖިލިސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 އޯގަސްޓު 2026، 12:06

18 އޯގަސްޓު 2026، 12:06

ނިމިގެންދިޔަ އެމް.ޑީ.ޕީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސް.އޯ.އީ) މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 100 އިންސައްތަ އިތުރުވެފައިވާ ކަމަށް، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިގޮތަށް ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި، ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން އައްޔަނުކުރާ ގޮތާއި، ކުންފުނިތަކުގެ އޮނިގަނޑު ހަރުދަނާކުރުމަށް ގެންގުޅޭ ރައިޓް-ސައިޒިންގ ސިޔާސަތާ ގުޅޭގޮތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް، ސަރުކާރު ކުންފުނިތަކަށް 18,053 މުވައްޒަފުން އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. މިއީ ގާތްގަނޑަކަށް 97 އިންސައްތައިގެ އިތުރުވުމެކެވެ.

އަދި ވަޒީރު ވަނީ، މުވައްޒަފެއްގެ ސިޔާސީ ފިކުރަށް ނުވަތަ ފާޅުކުރާ ސިޔާސީ ޚިޔާލަކަށް ބިނާކޮށް ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަކީ، ސަރުކާރުން ތާއިދުކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ސަބަބަކާއި ގުޅިގެން އެއްވެސް މުވައްޒަފަކު ވަކިކުރުމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން، އެއްވެސް ފަރާތަކަށް އަންގާފައިނުވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.

އެހެންނަމަވެސް، ސަރުކާރުގެ ހިއްސާ ތަމްސީލުކުރާ އިދާރާގެ ހައިސިއްޔަތުން، ކުންފުނިތަކަކީ މާލީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ތަންތަންކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު އެ ވުޒާރާގައި އޮތްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދައުލަތުގެ މާލީ ހާލަތުގެ މައްޗަށް ބިނާކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި، ޕީ.ސީ.ބީ މެދުވެރިކޮށް އެކިފަހަރުމަތިން އިރުޝާދު ދީފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެފަދަ އިރުޝާދުތަކަކީ، އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމާއި، މާލީ ގޮތުން ކުންފުނިތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދެވޭ އިރުޝާދުތަކެއް ކަމަށާއި، އެއީ ވަކިވަކި މުވައްޒަފުންނާ ގުޅޭގޮތުން ނުވަތަ ކުންފުނިތަކުގެ ކޮންމެ ދުވަހެއްގެ އިދާރީ ހިންގުމަށް ދެވޭ އަމުރުތަކެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. 

2023 ވަނަ އަހަރު ނިމުނު އިރު 36,729 މުވައްޒަފުން ދައުލަތުގެ ކުންފުނިތަކުގަ ތިބި. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު، 18,053 މުވައްޒަފުންގެ އިތުރުވުމެއް.

ވަޒީރު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި މާގިނައިން މުވައްޒަފުން ވަޒީފާއަށް ނެގުމާ ގުޅިގެން، އެ ފަރާތްތަކަށް މުސާރަ ހަމަޖައްސައިދިނުމަށް އެ ވެރިކަން ނިމުނުއިރު އެޑްވާންސް ސަބްސިޑީގެ ގޮތުގައި 634 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދުގެ ސަރުކާރުން އަންނަނީ ކުންފުނިތައް ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ކުޑަކުރުމަށް ބޭނުންވާ މުހިންމު ފިޔަވަޅުތައް އަޅަމުންނެވެ.

މިގޮތުން، ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް އެސްއެމްއީ އިންޕެކްޓް ފަންޑުގެ އެހީގައި ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދީ، ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ހުރިހާ ދިމާއަކުން ފުރިހަމަވާނޭ ފަދަ ނިޒާމެއްގެ ތެރެއިން ވަނީ އެކުލަވާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450