Ads by Farudhun

ޚަބަރު

އާރްސީއެލް، އެމްއޭސީއެލްއާ އެއްކޮށްލުމުން މަހަކު 10 މިލިއަން ރުފިޔާ ސަލާމަތްކުރެވިއްޖެ: މާލީ ވަޒީރު

އާރްސީއެލް، އެމްއޭސީއެލްއާ އެއްކޮށްލުމުން މަހަކު 10 މިލިއަން ރުފިޔާ ސަލާމަތްކުރެވިއްޖެ: މާލީ ވަޒީރު

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 އޯގަސްޓު 2026، 12:06

18 އޯގަސްޓު 2026، 12:06

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްސީއެލް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެއްކޮށްލުމާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު 10 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ގެއްލުމުގައި ހިނގާ ކުންފުނިތައް މަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން، އާރްސީއެލްގެ މުވައްޒަފުންގެ މުސާރައާއި ކުންފުނި ހިންގުމަށް ކުރިން ދައުލަތުގެ ބަޖެޓުން ހޭދަކުރި 10 މިލިއަން ރުފިޔާ މިހާރު ސަލާމަތްކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންގެ ޚަރަދާއި ކުންފުނި ހިންގުމަށް ޚަރަދު ހަމަޖެއްސުމަށް މަހަކު ޚަރަދުކުރަމުން އައި 10 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވިފައިވޭ. އަދި އެމްއޭސީއެލްގެ އެހީތެރިކަމާއެކު ސަރަހައްދީ އެއަރޕޯޓުތަކުން ލިބޭ އާމްދަނީން އެ އެއަރޕޯޓުތައް ހިންގޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުން

      ވަޒީރު 

ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، އުފެއްދި މަގުސަދު ހާސިލުނުވާތީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން މިހާރު އުވާލާފައިވާ ކަމަށެވެ. އަދި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމަށް ނިންމައި، އެކަމަށްޓަކައި ލިކުއިޑޭޓަރަކު ވެސް މިހާރު އައްޔަންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި ސަރުކާރުން އަލަށް އުފެއްދި 5 ކުންފުންޏާ ގުޅޭ މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ ކުންފުނިތަކުގައި މިވަގުތު ތިބީ 889 މުވައްޒަފުން ކަމަށެވެ. އަދި އޭގެ ތެރެއިން 733 މުވައްޒަފުންނަކީ އެސްޓީއޯގެ ފާމަސޫޓިކަލް ބައިގައި މަސައްކަތް ކުރަމުން އައިސް، އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަށް ބަދަލުވި މުވައްޒަފުން ކަމަށްވެސް ހާމަކުރެއްވިއެވެ.

ދައުލަތުގެ ބަޖެޓަށް އަލިއަޅުއްވާލައްވަމުން މާލީ ވަޒީރު ފާހަގަކުރެއްވީ، ރިކަރަންޓް ޚަރަދުތައް ބޮޑުވަމުން އައި މައިގަނޑު އެއް ސަބަބަކީ މުސާރަތައް އެއްހަމަކުރުމަށް (ހާމަނައިޒް ކުރުމަށް) ކުރެވުނު މަސައްކަތްތައް ކަމަށެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލަށް ކުރަންޖެހޭ ހޭދަ 3 ގުނައަށް އިތުރުވެފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، މިފަދަ ގޮންޖެހުންތަކާއެކުވެސް ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް އަދިވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450