Ads by Farudhun

ޚަބަރު

ޒުވާނުންނަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ނުވެ، އީޖާދީ ހައްލުތައް ހޯދާ ބަޔަކަށް ވާންޖެހޭ: ފަސްޓް ލޭޑީ

ޒުވާނުންނަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ނުވެ، އީޖާދީ ހައްލުތައް ހޯދާ ބަޔަކަށް ވާންޖެހޭ: ފަސްޓް ލޭޑީ

މެޑަމް ސާޖިދާ މުހައްމަދު "ތެވެލި މަހާސިންތާ" ގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

18 އޯގަސްޓު 2026، 12:50

18 އޯގަސްޓު 2026، 12:50

ޒުވާނުންނަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބައެއްގެ ގޮތުގައި ތިބުމުގެ ބަދަލުގައި، އައު އީޖާދުތައް ތައާރަފްކޮށް، ދިރާސާކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދޭ ބަޔަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ބޭއްވި ބައިނަލްއަޤްވާމީ "ތެވެލި މަހާސިންތާ" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަހަރުގެ މި ކޮންފަރެންސް ކުރިއަށްދަނީ "ޓްރާންސްފޮމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" މި ޝިޢާރުގެ ދަށުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، ޒުވާނުންނަކީ މުސްތަޤުބަލު ބިނާކުރާ މައިބަދަ ކަމަށެވެ. އެހެންކަމުން، އުނދަގޫ ސުވާލުތައް ކުރިމަތިކޮށް، އެކަންކަމަށް އެންމެ އެދެވޭ ޖަވާބުތަކާއި ހައްލުތައް ހޯދުމަށް ފަސްނުޖެހި، ވިޔަފާރިއާއި އިލްމީ ދާއިރާއިން ކުރިއަރައިދިއުމަށް ޒުވާނުން މަސައްކަތްކުރަންޖެހޭ ކަމަށް އެކަމަނާ ގޮވާލެއްވިއެވެ.

ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި، ރަށްތައް ކަނޑުގެ ޒަރިއްޔާއިން ވަކިވެފައި އޮތް ނަމަވެސް، ޓެކްނޮލޮޖީގެ އެހީގައި އެ ދުރުމިން ކުޑަކުރެވިފައިވާކަން ފާހަގަކުރައްވަމުން، އެކަމަނާ ވިދާޅުވީ ޒުވާނުން ދުނިޔެއާ ގުޅުވައިދީ، އިޤްތިޞާދީ އައު ފުރުސަތުތައް ހުޅުވައިދިނުމުގެ އިތުރުން، ދިވެހިންގެ ޚިޔާލުތަކާއި ހައްލުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ހުށަހެޅުމުގެ ފުރުސަތު މިއަދު ފަހިވެފައިވާ ކަމަށެވެ.

މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ބަޔޯޓެކްނޮލޮޖީ ފަދަ ޒަމާނީ ޓެކްނޮލޮޖީތަކުގެ ސަބަބުން ތަޢުލީމާއި، ޞިއްޙީ ދާއިރާ އަދި އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް ގެނެވިދާނެކަން ފާހަގަކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ، އީޖާދީ މަސައްކަތްތަކުގެ އަސްލު މާނައެއް އޮންނާނީ އޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، މުޖުތަމައަށް އޭގެ ފައިދާ ކުރާނަމަ ކަމަށެވެ. އަދި މި ދައުރުގައި ޓެކްނޮލޮޖީގެ ސަބަބުން އެއްވެސް މީހަކު ބާކީނުވާނެކަން ކަށަވަރުކުރަންޖެހޭ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ތެވެލި ކޮންފަރެންސަކީ ހަމައެކަނި އިލްމީ ބައްދަލުވުމެއްގެ ބަދަލުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރުން އެއްވެ، އައު ޚިޔާލުތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާ މުހިންމު މާހައުލެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450