Ads by Farudhun

ޚަބަރު

އަންނަ އަހަރަށް މަޖިލީހުގެ ބަޖެޓުގެ ގޮތުގައި 227 މިލިއަން ރުފިޔާ ކަނޑައެޅުމަށް އާންމު ކޮމިޓީން ފާސްކޮށްފި

އަންނަ އަހަރަށް މަޖިލީހުގެ ބަޖެޓުގެ ގޮތުގައި 227 މިލިއަން ރުފިޔާ ކަނޑައެޅުމަށް އާންމު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 އޯގަސްޓު 2026، 01:43

18 އޯގަސްޓު 2026، 01:43

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 227 މިލިޔަން ރުފިޔާ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ބަޖެޓު ފާސްކޮށްފައިވަނީ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ އިދާރާއިން އާންމު ކޮމިޓީގައި ވިދާޅުވެފައިވާ ގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، އައު މަގާމުތައް އުފެއްދުމުގެ އިތުރުން އެއްވެސް އައު އެލަވެންސެއް ތައާރަފުކުރުމަށް ހިމަނާފައެއް ނުވާނެއެވެ.

މި ހިނގާ އަހަރަށް މަޖިލީހަށް ދީފައިވަނީ 226 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް 227 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބަކީ، މަޖިލީހުގެ މަރާމާތުތަކަށް ކުރަންޖެހޭ ޚަރަދުތަކާއި ޖަލްސާތަކުގައި ބޭނުންކުރާ ތަފާތު ސާމާނުތަކުގެ ސްޕެއަރއަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވެފައިވާތީ ކަމަށް މަޖިލީހުގެ އިދާރާއިން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސަރުކާރުން ދެއްވާފައިވާ ބަޖެޓް ސީލިންގއަކީ މަޖިލީހުގެ ހިންގުމަށް އެކަށީގެންވާ ވަރަށްވުރެ ކުޑަ ބަޖެޓެއް ކަމަށްވެސް އެ އިދާރާއިން ބަޔާންކުރެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި މުހިންމު 3 މަޝްރޫއެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖިލިސް އިމާރާތުގައި އައު ލިފްޓެއް ހަރުކުރުމާއި، ސެކިއުރިޓީ ރޫމާއި ވެއިޓިންގ ރޫމުގެ ބައެއް މަސައްކަތްތައް ކުރުމުގެ އިތުރުން، މައި އިމާރާތުގެ ޕޯޓިކޯ ސަރަހައްދުގެ ކޮރިޑޯ އޭސީ ކުރުމުގެ މަސައްކަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓު މި ހިނގާ ދައުރު ނިމުމުގެ ކުރިން ފާސްކުރަން ޖެހެއެވެ. މަޖިލީހުގެ އާންމު ކޮމިޓީން 227 މިލިޔަން ރުފިޔާގެ މި ބަޖެޓު ފާސްކޮށްފައިވީ ނަމަވެސް، މި ބަޖެޓު އެންމެ ފަހުގެ ގޮތެއްގައި ފާސްވެގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450