Ads by Farudhun

ޚަބަރު

ހައްޖާޖީންނަށް ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ހައްޖާޖީންނަށް ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ހައްޖު ކޯޕަރޭޝަނާއި ސްޓޭޓް ފާމާއިން ބައްދަލުކުރުން / ފޮޓޯ: ޙައްޖު ކޯޕަރޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 އޯގަސްޓު 2026، 04:14

18 އޯގަސްޓު 2026، 04:14

ހައްޖާއި އުމްރާގެ މަތިވެރި އަޅުކަމަށް ފުރާ ދިވެހި ހައްޖާޖީންނަށް ބޭނުންވާ ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) އާ ދެމެދު މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ އިސްވެރިންނާއި ސްޓޭޓްފާމާގެ މެނޭޖްމަންޓުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ހައްޖުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭހާއި ސިއްހީ އާލާތްތައް އެއްވެސް ދަތިކަމެއް ނެތި، ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން އިންތިޒާމުކުރުމެވެ.

ހައްޖު ކޯޕަރޭޝަނުން މި ބައްދަލުވުމުގައި ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ހައްޖާޖީންނަށް ބޭނުންވާ ބޭސް ހޯދަމުން އައީ އެކި ފަރާތްތަކުން ވަކިވަކިންނެވެ. ނަމަވެސް، މި އިންތިޒާމުތައް އެއް ނިޒާމެއްގެ ދަށަށް ގެނެސް، މިއަށްވުރެ ފުރިހަމައަށް އަދި އިތުބާރު ހުރި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ސްޓޭޓްފާމާ މެދުވެރިކޮށް ބޭސް ގަތުމަށް އެ ކޯޕަރޭޝަނުން ޝައުގުވެރިވާކަން ވަނީ ހާމަކޮށްފައެވެ.

ހައްޖު ކޯޕަރޭޝަނާއި ސްޓޭޓް ފާމާއިން ބައްދަލުކުރުން / ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ރާއްޖެއަށް ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދޭ މައި ކުންފުނީގެ ހައިސިއްޔަތުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސްޓޭޓްފާމާއަށް މަތިކޮށްފައިވާ މުހިންމު ގައުމީ މަސްއޫލިއްޔަތެކެވެ. އެހެންކަމުން، ހައްޖު ކޯޕަރޭޝަނާއެކު މި ގާއިމުކުރެވޭ ގުޅުމަކީ، ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދިނުމުގައި އެ ކުންފުންޏަށް އެހީތެރިވެދެވޭނެ ވަރަށް މުހިންމު އިތުރު ދާއިރާއެއް ކަމަށް ސްޓޭޓްފާމާއިން ދެކެއެވެ.

މިއަދުގެ ބައްދަލުވުމުގައި ދެ ފަރާތުގެ މެދުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ހައްޖު އަދި އުމްރާ ދަތުރުތަކުގައި ދިވެހިންނަށް އެންމެ ފުރިހަމަ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ސްޓޭޓްފާމާ މެދުވެރިކޮށް ބޭސް ހޯދުމުގެ ކަންކަން ދެމެހެއްޓެނިވި އަދި ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450