Ads by Farudhun

ޚަބަރު

ރާއްޖޭގައި މިހާތަނަށް ޝާއިޢުކުރާ އެންމެ ބޮޑު އިނގިރޭސި-ދިވެހި ބަސްފޮތް ނެރެނީ

ރާއްޖޭގައި މިހާތަނަށް ޝާއިޢުކުރާ އެންމެ ބޮޑު އިނގިރޭސި-ދިވެހި ބަސްފޮތް ނެރެނީ

ޑރ. ޙަސަން ޙަމީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޯގަސްޓު 2026، 04:34

18 އޯގަސްޓު 2026، 04:34

ހުލާސާ


ދިވެހިރާއްޖޭގައި މިހާތަނަށް ޝާއިޢުކުރެވޭ އެންމެ ބޮޑު ފޮތް ކަމަށްވާ، އައު އިނގިރޭސި-ދިވެހި ބަސްފޮތް ނެރުމުގެ ޚާއްޞަ ރަސްމިއްޔާތު އަންނަ އޮގަސްޓް މަހުގެ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޑރ. ޙަސަން ޙަމީދު އެކުލަވައިލައްވާފައިވާ މި ބަސްފޮތް ނެރުމުގެ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހަވީރު 4:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމްގައެވެ. މި ފޮތަކީ ޢާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ނުހަނު ބޭނުންވެފައިވާ މުހިންމު ފޮތެކެވެ.

މި ބަސްފޮތް ނެރެދެއްވުމަށް ހަމަޖެހިފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މަައުމޫން ޢަބްދުލްޤައްޔޫމެވެ. އެމަނިކުފާނަކީ މިފަދަ ޖަލްސާތަކުން ވަރަށް މަދުން ފެންނަ، އެހެންނަމަވެސް ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ޤައުމީ ޚިދުމަތްތެރި ބޭފުޅެކެވެ.

އަމިއްލަ ފަރާތްތަކުން ތަޢުލީމީ އަދި ޢިލްމީ ދާއިރާއިން ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކަކީ ދިވެހި އަދަބިއްޔާތަށާއި ޢިލްމީ ޚަޒާނާއަށް ލިބިގެންދާނެ އަގުހުރި ކުރިއެރުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450