ޚަބަރު
އދ. ދިއްދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން: މިހާރު ކުރިޔަށްދަނީ ފައުންޑޭޝަން ބީމް އެޅުމުގެ މަސައްކަތް
އދ.ދިއްދޫ ޞިއްޙީ މަރުކަޒުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
އދ. ދިއްދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމާއި އައު އިމާރާތް އެޅުމުގެ މަޝްރޫޢުގެ ދަށުން، ފައުންޑޭޝަން ބީމް އަދި ސްޓްރަކްޗަރަލް ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ 12.03 މިލިއަން ދިވެހި ރުފިޔާ ގެ އަގުހުރި މަޝްރޫޢެކެވެ. މުޅި މަޝްރޫޢު އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 270 ދުވަހުގެ މުއްދަތެކެވެ.
Project Update: Upgrading of Adh. Dhihdhoo Health Center
— MTCC Plc (@MTCCPlc) August 18, 2026
Foundation beam works are ongoing.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/8LqqpVLT1N
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމާއި، ގާތްގަނޑަކަށް 4،600 އަކަފޫޓުގެ ސަރަޙައްދެއްގައި ފާރު ރޭނުމުގެ އިތުރުން ޕޯޓިކޯއެއް ހެދުން ހިމެނެއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ އިމާރާތުގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތްތަކާއި ބީމް ފްރޭމްވޯކް އެޅުމުގެ މަސައްކަތްތަކެވެ.