Ads by Farudhun

ޚަބަރު

ވެސްޓް ޕާކް މަސްބާނާ ސަރަޙައްދު ތަރައްގީކުރުމަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ވެސްޓް ޕާކް މަސްބާނާ ސަރަޙައްދު ތަރައްގީކުރުމަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ވެސްޓް ޕާކް ސަރަހައްދު. ފޮޓޯ: އެމްއެންޑީއެފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޯގަސްޓު 2026، 07:23

18 އޯގަސްޓު 2026، 07:23

މާލޭގެ ވެސްޓް ޕާކް ސަރަހައްދުގައި މަސްބޭނުމަށް ހާއްސަ ޕްލެޓްފޯމެއް (ފިޝިން ޕްލެޓްފޯމް) ތަރައްގީކުރުމުގެ މަޝްރޫއަށް އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާއްސަ ސާވޭއެއް ފަށައިފިއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި ސާވޭގެ މައިގަނޑު ބޭނުމަކީ ވެސްޓް ޕާކް ސަރަހައްދު މަސްބޭނުމަށް އެންމެ އެކަށޭނަ އަދި އާންމުން ބޭނުންވާ ފަދަ ފުރިހަމަ ގޮތެއްގައި ތަރައްގީކުރުމަށްޓަކައި، ރައްޔިތުންގެ ހިޔާލާއި ފެންނަ ގޮތްތައް ދެނެގަތުމެވެ. މިގޮތުން މި މަޝްރޫއުގެ ޕްލޭނިން މަރުހަލާގެ ތެރެއިން ޢާންމުންގެ ހިޔާލު ހޯދުމަށް އޮންލައިން ސުވާލު ކަރުދާހެއް މިހާރު ވަނީ ޢާންމުކޮށްފައެވެ.



މި ސާވޭ ކުރިއަށްދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. މި ސާވޭގައި ދިވެހި އަދި އިނގިރޭސި ބަހުން ފުރިހަމަކުރެވޭ ގޮތަށް ދެ ފޯމެއް ވަނީ ހުޅުވާލާފައެވެ. އެމްޓީސީސީން ވަނީ ވީހާވެސް ގިނަ ރައްޔިތުން މި ސާވޭގައި ބައިވެރިވެ، މަޝްރޫއާ ގުޅޭގޮތުން ދެކޭގޮތް ހިއްސާކޮށްދިނުމަށް އެދިފައެވެ.

ވެސްޓް ޕާކް ސަރަޙައްދަކީ ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން މަސްބޭނުމަށާއި ހިތްހަމަޖައްސާލުމަށް ޒިޔާރަތްކުރާ ސަރަހައްދެކެވެ. އަދި އަހަރުތަކެއް ކުރިންވެސް މި ސަރަހައްދުގައި މަސްބާނަން ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށްފައި ވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450