Ads by Farudhun

ޚަބަރު

ކުޑަރިކިލުގެ ކުނި މެނޭޖްކުރުމާއި ހަކަތައިގެ މައްސަލަތަކާ ގުޅޭގޮތުން ވުޒާރާއާއެކު މަޝްވަރާކޮށްފި

ކުޑަރިކިލުގެ ކުނި މެނޭޖްކުރުމާއި ހަކަތައިގެ މައްސަލަތަކާ ގުޅޭގޮތުން ވުޒާރާއާއެކު މަޝްވަރާކޮށްފި

މި މަޝްވަރާތަކުގެ ތެރެއިން. ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

19 އޯގަސްޓު 2026، 09:32

19 އޯގަސްޓު 2026، 09:32

ބ. ކުޑަރިކިލުގައި ކުނި ނައްތާލުމުގައި ކުރިމަތިވާ ދަތިތަކާއި، ހަކަތައިގެ ދާއިރާއިން ފާހަގަކުރެވޭ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، އެ ރަށު ކައުންސިލާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ކުޑަރިކިލުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި ބެލެހެއްޓުމަށް ހުރި ދަތިތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދެއްކުމެވެ. މީގެ އިތުރުން، ރަށުގެ ކަރަންޓުގެ ޚިދުމަތާއި ހަކަތައިގެ ކަންކަމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާ މެދު ވެސް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން  ހާމަކުރެއްވި ގޮތުގައި، ރަށްރަށުގެ ތިމާވެށްޓާއި ހަކަތައިގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތް ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެކެވެ. ހަމައެއާއެކު، ކުޑަރިކިލު ކައުންސިލުން ހުށަހެޅި މައްސަލަތަކަށް އަވަސް އަދި އެކަށޭނަ ހައްލެއް ހޯދައިދިނުމަށް އެ ވުޒާރާއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.



މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި ކުޑަރިކިލު ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ، ރާއްޖޭގެ އެކި ރަށްރަށުގައި ކުރިމަތިވެފައިވާ ތިމާވެށީގެ ތަފާތު ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި އެ ރަށްރަށުގެ އާންމު ރައްޔިތުންނާ ގާތުން ގުޅިގެން މަސައްކަތް ކުރުމެވެ.

މިގޮތުން، ރަށްރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް އަޅާ ފިޔަވަޅުތަކަކީ މުސްތަޤްބަލުގައި ފައިދާކުރާނެ، އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ އެކަށޭނަ ހައްލުތަކަކަށް ހެދުމަށް ޓަކައި އެންމެހައި ފަރާތްތަކުގެ ބައިވެރިވުމާއެކު ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބާރުއަޅުއްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450