Ads by Farudhun

ޚަބަރު

އަމާން ޓަވަރުތަކުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ނިންމައިފި

އަމާން ޓަވަރުތަކުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ނިންމައިފި

އަމާން ޓަވަރުތަކެއް. ފޮޓޯ: މިހާރު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

19 އޯގަސްޓު 2026، 11:26

19 އޯގަސްޓު 2026، 11:26

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވަނީ، މިހާރު ކުރިއަށްދަނީ ހަރުކުރެވުނު ސީސީޓިވީ ކެމެރާތައް ފުރިހައަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށް ޓަކައި ޓެސްޓުތައް ހެދުމުގެ މަރުހަލާ ކަމަށް ވިދާޅުވެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތައް ކައިރިއަށް ކުނިއަޅާ މީހުން ހޯދުމުގެ ގޮތުން، އެ ސަރަހައްދުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަން އެފްޑީސީއިން އިއުލާނުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަމާން ޓަވަރުތައް ކައިރިޔަށް ކުނި އަޅާ މައްސަލަ  ބޮޑުވެފައިވާއިރު، އެކަމުގެ  ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް ދަތިތަކެއް ދިޔައީ ކުރިމަތިވަމުންނެވެ.



އަމާން ޓަވަރުތައް ހުންނަ ސަރަހައްދު ސާފުކުރުމުގެ ގޮތުން އެފްޑީސީން "ފަހި ސާފުވެށި" ކެމްޕޭނުގެ ދަށުން ގިނަ ހަރަކާތްތަކެއް  ހިންގާފައިވެއެވެ. އެގޮތުން 2025 އިން 2026 އާ ހަމައަށް ހިންގި ހަރަކާތްތަކުގައި ޖުމްލަ 5,040 ޓަނުގެ ކުނި އުކާލާފައިވާއިރު، މި މަސައްކަތްތަކަށް އެފްޑީސީގެ ބަޖެޓުން 13.48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

އެފްޑީސީއިން ވަނީ، ހަރުކުރެވުނު ކެމެރާތަކުގެ އެހީގައި ކުނިއަޅާ މީހުން ވަގުތުން ދެނެގަނެވޭނެ ކަމަށާއި، ގަވާއިދާ ޚިލާފުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައެވެ. 

އެ ކުންފުނިން ވަނީ،  މިއީ އެ ސަރަހައްދަކީ ސާފުތާހިރު އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450