Ads by Farudhun

ޚަބަރު

ރަޝިޔާއާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރު އިތުރުކުރުމަށް މަޝްވަރާކޮށްފި

ރަޝިޔާއާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރު އިތުރުކުރުމަށް މަޝްވަރާކޮށްފި

މަޝްވަރާ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

19 އޯގަސްޓު 2026، 12:14

19 އޯގަސްޓު 2026، 12:14

ރަޝިޔާއާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

މި މަޝްވަރާ ބައްދަލުވުންތައް ބާއްވާފައި ވަނީ، ވަޒީރު މުޙައްމަދު އަމީން މިހާރު ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ވެރިރަށް  މޮސްކޯގައި، ރަޝިޔާގެ ފެޑެރޭޝަންގެ ސްޓޭޓް ސެކްރެޓަރީ އޮފް ޓްރާންސްޕޯޓް ޑިމިޓްރީ ޒްވެރެވްއާއެކުއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށާއި، ދިވެހިރާއްޖެއާ ރަޝިޔާއާ ދެމެދު އޮންނަ ވައިގެ ދަތުރުތައް އިތުރުކުރުމަށް ޓަކައި އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ.

 މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ، ސެކްރެޓަރީ އޮފް ޓްރާންސްޕޯޓް ޑިމިޓްރީ ޒްވެރެވްއާއެކު ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބުކަން ފާހަގަކުރައްވާފައެވެ. އަދި ރަޝިޔާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށިގެންދާނެ ކަމަށް ބެލެވޭތީ، މިއީ ފަތުރުވެރިކަމަށާއި ދަތުރުފަތުރުގެ ގުޅުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.



މި އަހަރުގެ ފުރަތަމަ 5 މަސް ދުވަހުގެ ތެރޭގައި ރާއްޖެއައި ފަތުރުވެރިންގެ 13 އިންސައްތައަކީ ރަޝިއާ ފަތުރުވެރިންނެވެ. އެއީ 2025 ވަނަ އަހަރާއި އަޅާބަލާއިރު 21 އިންސައްތަ އިތުރު އަދަދެކެވެ. 

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، 18 އޮގަސްޓް 2026 ގެ ނިޔަލަށް ރާއްޖެއައި ރަޝިޔާ ފަތުރުވެރިންގެ އަދަދަކީ، 198،748 އެވެ. މިއީ މިއަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއައި ގައުމެވެ.

ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދުން ރަޝިޔާއަށް ކުރައްވާ މި ދަތުރުފުޅަކީ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މި ވަފުދުގައި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވިއަންގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ހިމެނެއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450