Ads by Farudhun

ޚަބަރު

ޕޯޓް ސިޓީ ކޮލޮމްބޯގެ އިންވެސްޓްމަންޓް ފުރުޞަތުތައް ދިވެހި ވިޔަފާރިވެރިންނަށް ތަޢާރަފްކޮށްފި

ޕޯޓް ސިޓީ ކޮލޮމްބޯގެ އިންވެސްޓްމަންޓް ފުރުޞަތުތައް ދިވެހި ވިޔަފާރިވެރިންނަށް ތަޢާރަފްކޮށްފި

ސީއެޗްއީސީ ޕޯޓް ކޮލޮމްބޯގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ ބައި ޝިއާޕިންގ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޯގަސްޓު 2026، 12:44

19 އޯގަސްޓު 2026، 12:44

ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނާއި ސީ.އެޗް.އީ.ސީ ޕޯޓް ސިޓީ ކޮލޮމްބޯ ގުޅިގެން، ރާއްޖޭގެ ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން އިންވެސްޓަރ ފޯރަމެއް މާލޭގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

ރާއްޖޭގެ އިސް ވިޔަފާރިވެރިންނާއި، އިންވެސްޓަރުން އަދި ޑިވެލޮޕަރުންނަށް އަމާޒުކޮށްގެން ބޭއްވި މި އިވެންޓަކީ ދެ ޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ބޭއްވުނު ފޯރަމެކެވެ. މިއީ ސިންގަޕޫރު، ޔޫ.އޭ.އީ އަދި އޮމާންގައި މިފަދަ ފޯރަމްތައް ބޭއްވުމަށްފަހު، ޕޯޓް ސިޓީ ކޮލޮމްބޯގެ ސަރަޙައްދީ ހަރަކާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ފޯރަމް ހުޅުއްވައިދެއްވަމުން، ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ މުޙައްމަދު ރިޒްވީ ޙަސަން ވަނީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ތާރީޚީ އަދި ޘަޤާފީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ފޯރަމުގައި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ވާހަކަދައްކަވަމުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާސް ރިޔާޟް ވަނީ އާދަކާދައިގެ މަތިން ކުރަމުން އަންނަ ވިޔަފާރިއާއި ފަތުރުވެރިކަމުގެ އިތުރުން، އިންވެސްޓްމަންޓާއި އީޖާދީ ދާއިރާތަކަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ. މީގެއިތުރުން، އޭނާ ވަނީ ޕޯޓް ސިޓީ ކޮލޮމްބޯއަށް އަމިއްލަފުޅަށް ތާއީދުކުރައްވައި، އެ މަޝްރޫޢުގެ ޢަމަލީ ކުރިއެރުން ފާހަގަކުރައްވައި، ދިވެހި ސީރިއަސް އިންވެސްޓަރުން އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

މި ފޯރަމުގައި ޕޯޓް ސިޓީ ކޮލޮމްބޯގެ 269 ހެކްޓަރުގެ މާސްޓަރ ޕްލޭންޑް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) އާ ބެހޭ ތަފްޞީލީ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ. މި ސަރަޙައްދުގައި އިންވެސްޓްކުރުމުން ލިބޭ މުހިންމު ފައިދާތަކުގެ ތެރޭގައި 100 އިންސައްތަ ބޭރުގެ މިލްކުވެރިކަން ލިބުމާއި، ކެޕިޓަލް އަދި ފައިދާ އެއްކޮށް އަނބުރާ ގެންދިއުމުގެ ފުރުސަތު ލިބުން ހިމެނެއެވެ. އަދި އެކި ފައިސާއިން މުއާމަލާތްކުރުމުގެ ފުރުސަތާއި، ކޮލޮމްބޯ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަން ޤާނޫނުގެ ދަށުން ސިންގަލް-ވިންޑޯ ރެގިއުލޭޓަރީ ނިޒާމެއްގެ ފަސޭހަކަން ލިބިގެންދާނެއެވެ. މީގެއިތުރުން، ރާއްޖޭގައި ސްރީލަންކާގެ ބޭންކުތައް ޤާއިމުވެފައި ހުރުމާއި، އެސް.އީ.ޒެޑް ގެ ތެރޭގައި ކޮމާޝަލް ބޭންކް އޮފް ސިލޯންގެ ގޮތްޕެއް ހުރުމަކީ ދިވެހި އިންވެސްޓަރުންނަށް ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހައެކެވެ.

ފޯރަމް ނިންމަވާލައްވަމުން ސީ.އެޗް.އީ.ސީ ޕޯޓް ސިޓީ ކޮލޮމްބޯގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ ބާއީ ޝިއާޕިންގ ވަނީ ރާއްޖެއަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ މުހިންމު މާކެޓެއްކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ.

މި ފޯރަމުގެ ސަބަބުން، ދެކުނު އޭޝިއާގެ ސަރަޙައްދަށް ވިޔަފާރި ފުޅާކުރަން ބޭނުންވާ ދިވެހި ވިޔަފާރިތަކަށް ޕޯޓް ސިޓީ ކޮލަމްބޯއިން ފަހިވެފައިވާ ފުރުޞަތުތަކުގެ މަޤްބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެތަނަކީ ދުނިޔޭގެ ފެންވަރުގެ އިންފްރާސްޓްރަކްޗަރއާއި، އޮފްޝޯ ބޭންކިންގ ނިޒާމުގެ އިތުރުން، ދިރިއުޅުމަށާއި މަސައްކަތްކުރުމަށް އަދި މުނިފޫހިފިލުވުމަށް އެކަށޭނަ ފުރިހަމަ މާހައުލެއް ފަހިވެފައިވާ ތަނެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450