ޚަބަރު
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ސައުދީއަށް ފުރާވަޑައިގަންނަވައިފި
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ސައުދީއަށް ވަޑައިގެންނެވުން. ފޮޓޯ: ވުޒާރާ
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރައްބިޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.
މިއީ ސައުދީ އަރައްބިޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް އާލްޝައިޚްގެ ޚާއްސަ ދަޢުވަތަށް، ވަޒީރު އެ ޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަދި ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް ޤުރުއާން ކޮމްޕެޓިޝަންގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ބައިވެރިވެވަޑައިގަތިމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވުޒާރާއިން ވިދާޅުވެއެވެ.
Minister of Islamic Affairs and Endowments, Dr. Mohamed Shaheem Ali Saeed has departed for the Kingdom of Saudi Arabia on an official visit, at the invitation of H.E. Sheikh Dr. Abdullatif bin Abdulaziz Al Al-Sheikh, Minister of Islamic Affairs, Dawah and Guidance of the Kingdom… pic.twitter.com/LCDr8U6XHI
— Ministry of Islamic Affairs & Endowments (@MVIaffairs) August 19, 2026
ދިވެހިރާއްޖެއާއި ސައުދީ އަރައްބިޔާއިން ގެންދަނީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. ރާއްޖޭގައި އިސްލާމީ ކަންކަން ފުޅާކޮށް ކުރިއެރުވުމަށް ސައުދީން ދެމުންގެންދާ އެއްބާރުލުމުގެ އިތުރުން، ޙައްޖުގެ މަތިވެރި އަޅުކަމުގެ އިންތިޒާމުތައް ފުރިހަމަކުރުމުގައި ދިވެހިންނަށް ގިނަގުނަ ލުއިފަސޭހަތަކާއި އެހީތެރިކަން އެ ޤައުމުގެ ސަރުކާރުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރެވިފައި ވަނީ 17 މާރިޗް 1981 ގައެވެ. ސިޔާސީ ގުޅުން ޤާއިމުވުމަށްފަހު އެކި ދާއިރާތަކުން ރާޢްޖެއަށް ކުރިއެރުން ހޯދާދިނުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ޤައުމުން ދަނީ އެހީތެރިވަމުންނެވެ.