Ads by Farudhun

ޚަބަރު

އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ޤާއިމުކުރުމާމެދު ވަކި ގޮތެއް ނުނިންމާ: ޚާރިޖީ ވުޒާރާ

އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ޤާއިމުކުރުމާމެދު ވަކި ގޮތެއް ނުނިންމާ: ޚާރިޖީ ވުޒާރާ

ޚާރިޖީ ވުޒާރާ ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޯގަސްޓު 2026، 02:02

19 އޯގަސްޓު 2026، 02:02

ދިވެހިރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ޤާއިމުކުރުމާ ގުޅޭގޮތުން ސަރުކާރުން އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން މިކަން ހާމަކުރައްވާފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ޤާއިމުކުރަން ނިންމާފައިވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުގައާއި މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

އެ ވުޒާރާއިން ވިދާޅުވީ، ދެ ޤައުމުގައި ކޮންސުލޭޓްތައް ޤާއިމުކުރަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް، ޞައްޙަ ނޫން މަޢުލޫމާތުތަކެއް ކަމަށެވެ. އަދި ވެރިރަށް މާލެ ސިޓީ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ބޭރު ޤައުމެއްގެ ކޮންސުލޭޓެއް ޤާއިމުކުރުމާމެދު ދިވެހި ސަރުކާރުން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، މިފަދަ ކަންކަމަކީ ކަމާގުޅުންހުރި އެންމެހައި ފަރާތްތައް ހިމެނޭގޮތަށް، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ނޫނީ ނިންމޭނެ ނިންމުންތަކެއް ނޫން ކަމަށް ސަރުކާރުން ދެކޭކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރާގެ ބަޔާން ނިންމަވާލައްވަމުން ވަނީ، މުޖުތަމަޢުގެ ހަމަޖެހުމަށާއި ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ނޫސްތަކާއި މީސްމީޑިއާގެ ވަސީލަތްތަކުގައި ޚަބަރު ފެތުރުމުގައި ތެދު އަދި ޒިންމާދާރު މަޢުލޫމާތު ޝާއިޢުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450