Ads by Farudhun

ޚަބަރު

މިއަހަރު ބޭއްވި ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ނިންމާލައިފި

މިއަހަރު ބޭއްވި ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ނިންމާލައިފި

ކޯސް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

19 އޯގަސްޓު 2026، 02:36

19 އޯގަސްޓު 2026، 02:36

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މި އަހަރު ހިންގި ދެވަނަ ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯސް ނިންމާލައިފިއެވެ.

ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ  ވަޒީރު އަލްފާޟިލް އަހުމަދު ޝިޔާމެވެ.

އޮގަސްޓް މަހުގެ 08 އިން 19 އަށް ކ. މަނިޔަފުށީގެ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށްދިޔަ މި ކޯހުގައި، ރާއްޖޭގެ އެކި އަތޮޅުތަކުން 9 ފަރާތެއް ވަނީ ބައިވެރިވެފައެވެ. މި ތަމްރީން ޕްރޮގްރާމްގެ ދަށުން  ހިންގާ 3 ވަނަ ކޯސް އާއްމުންނަށް ހުޅުވާލައިގެން މި އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 

މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ހަރަކާތްތަކުގެ ތެރެއިން، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދެވޭ ތަމްރީން ޕްރޮގްރާމެކެވެ. 

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަގްސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރ)ގެ ސިނާއަތެއް ރާއްޖޭގައި ގާއިމުކުރުމަށް ޓަކައި، އެ ދާއިރާއިން މީހުން ބިނާކުރުމެވެ.



ވަރލްޑް ބޭންކުގެއެހީތެރިކަމާއެކު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން އިންތިޒާމުކުރާ މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގައި މެރިކަލްޗަރ  ސިނާއަތް ފުޅާކުރުމަށް ބޭނުންވާ ޤާބިލު ދިވެހި ޒުވާނުން ތައްޔާރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މިގޮތުން، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ.

ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ދާއިރާއެއްކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މި ދާއިރާ ތަރައްގީ ކުރުމަށް އަދުގެ  ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާކަން ވެސް އެ ވުޒާރައިން ފާހަގަކުރެއްވިއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450