Ads by Farudhun

ޚަބަރު

ރާއްޖެ އާއި ސައުދީގެ އިސްލާމިކް މިނިސްޓަރުން ރަސްމީކޮށް ބައްދަލުކުރައްވައިފި

ރާއްޖެ އާއި ސައުދީގެ އިސްލާމިކް މިނިސްޓަރުން ރަސްމީކޮށް ބައްދަލުކުރައްވައިފި

ރާއްޖެ އާއި ސައުދީގެ އިސްލާމިކް މިނިސްޓަރުން ބައްދަލުކުރެއްވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

farudhun logo

ފަރުދުން

19 އޯގަސްޓު 2026، 08:09

19 އޯގަސްޓު 2026، 08:09

ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް މިނިސްޓަރު ޝައިޚް ޑރ. ޢަބްދުއްލަޠީފް ބިން ޢަބްދުލްޢަޒީޒް އަލްޝައިޚްއާ ރަސްމީކޮށް ބައްދަލުކުރައްވައިފިއެވެ. ވަޒީރު ޑރ. ޝަހީމް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ޑރ. ޢަބްދުއްލަޠީފް އާލްޝައިޚްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ، ދެ ޙަރަމްފުޅުގެ ޚާދިމް، ސައޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށް، ދިވެހިރާއްޖެއާމެދު އެ ބޭފުޅުން ބަހައްޓަވާ ޚާއްޞަ އަޅާލުމާއި، ދެ ޤައުމުގެ ދެމެދުގައިވާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި، ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ޝުކުރާއި ތަޢުރީފު އަދާކުރައްވާފައެވެ. 

މީގެއިތުރުން، ސައުދީގެ އިސްލާމިކް މިނިސްޓަރު ދެއްވި ދަޢުވަތާއި، އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދީނީ ދަޢުވަތު ފެތުރުމުގެ ދާއިރާއިންނާއި އިސްލާމީ އެކި ކަންކަމުގައި ދެއްވާ އެއްބާރުލުމާއި ކުރައްވާ އަގުހުރި މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް މިނިސްޓަރު ޝައިޚް ޑރ. ޢަބްދުއްލަޠީފް ބިން ޢަބްދުލްޢަޒީޒް އަލްޝައިޚްއާ ބައްދަލުކުރެއްވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ބައްދަލުވުމުގެ ތެރެއިން ވަޒީރު ޑރ. ޝަހީމް ވަނީ ސަރަޙައްދީ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތެއް ބޭއްވުމަށް ހުށަހަޅުއްވާފައެވެ. އަދި މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބާއްވާ ދާއިމީ މުބާރާތަކަށް ހެދުމަށް އެދިވަޑައިގަންނަވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ސައޫދީ ޢަރަބިއްޔާއަށާއި އެ ޤައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދި ދުޢާކުރެއްވިއެވެ. އަދި ސައޫދީގެ ލީޑަރޝިޕާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެ، ކުރިއަރައިދާނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450