Ads by Farudhun

ޚަބަރު

ސައިޓޯޓޮކްސިކް ކުނި ރައްކާތެރިކަމާއެކު މެނޭޖުކުރުމަށް މުހިންމު ފިޔަވަޅެއް އަޅައިފި

ސައިޓޯޓޮކްސިކް ކުނި ރައްކާތެރިކަމާއެކު މެނޭޖުކުރުމަށް މުހިންމު ފިޔަވަޅެއް އަޅައިފި

މިކަމަށް ޓަކައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 އޯގަސްޓު 2026، 08:46

20 އޯގަސްޓު 2026، 08:46

ދިވެހިރާއްޖޭގައި ސައިޓޯޓޮކްސިކް ކުނި ނުވަތަ ސިއްހީ ގޮތުން އުފެދޭ ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު މެނޭޖުކުރުމުގެ ގޮތުން މުހިންމު ފިޔަވަޅެއް އަޅައިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެގޮތުން، މިފަދަ ކުނި ނައްތާލުމަށާއި، ރައްކާކުރުމަށް ހާއްސަ ފެސިލިޓީއެއް ޤާއިމުކޮށް ހިންގުމަށް ޓަކައި، ތިމާވެށްޓާއި ބެހޭ ވުޒާރާއާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައި ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ފެސިލިޓީ ޤާއިމުކުރެވުމުން، ކެންސަރު ބައްޔަށް ދެވޭ ފަރުވާއެއް ކަމަށްވާ ކީމޯތެރަޕީގެ ސަބަބުން އުފެދޭ ނުރައްކާތެރި ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖުކުރުމަށް ރާއްޖެއަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް ތިމާވެއްޓައި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 

މީގެ އިތުރުން، މި ފެސިލިޓީގެ ސަބަބުން، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ކުނި އުކާލުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި، އާންމު ރައްޔިތުންނަށް ސައިޓޯޓޮކްސިކް ކުނީގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އަދި ހަމައެހެންމެ، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ވެސް ސައިޓޯޓޮކްސިކް ކުނީގެ ސަބަބުން ދިމާވާ ނުރައްކާތަކުން ސަލާމަތްކުރުމަށް ބޮޑު އެހީތެރިކަމެއް މީގެ ސަބަބުން ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.



މި މުހިންމު މަސައްކަތަކީ 'ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ' (ޖީ.އީ.އެފް) ގެ މާލީ އެހީތެރިކަމާއެކު، 'ރިވިއު އެންޑް އަޕްޑޭޓް އޮފް ދަ ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ފޯ ދަ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް އިން މޯލްޑިވްސް' މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ފުރިހަމަކަމާއެކު މި މަސައްކަތް ކުރިއަށްގެންދިއުމުގައި 'އެލިމިނޭޓިންގް ޕީ.އޯ.ޕީސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' މަޝްރޫއުގެ ފަންނީ އެހީތެރިކަން ލިބެމިންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ސިއްހީ ނިޒާމާއި ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450