Ads by Farudhun

ޚަބަރު

ހިމަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދަނީ

ހިމަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދަނީ

މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 އޯގަސްޓު 2026، 10:43

20 އޯގަސްޓު 2026، 10:43

އއ. ހިމަންދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓިސީސީ)އިން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ، ގްރޮއިން ޕްރޮފައިލިންގްގެ މަސައްކަތްތައް ކަމަށެވެ. 

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ، 19 އޮގަސްޓް 2025 ގައެވެ.  އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ޝަރީފް ޢަބްދުލް ރަޙުމާން ޔޫސުފެވެ. އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ.

މި މަޝްރުއުގެ ދަށުން، 29,125.29  ކުއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 168 މީޓަރުގެ ހިލަ ނެރު ޖެހުމާއި، 104 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 58 މީޓަރުގެ ޖެޓީއެއް ހެދުން ހިމެނެއެވެ.

މިއީ 27.51 ރުފިޔާއަށް 390  ދުވަހުގެ ތެރޭގައި ނިންމުމަށް  އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫއެކެވެ.



އެމްޓީސީސީން ހާމަކުރި ގޮތުގައި، 910 މީހުން ދިރިއުޅެމުންދާ ހިމަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ނިމުމުން، ހުޅަނގު މޫސުމުގެ ދުވަސްވަރު ދިމާވާ ދަތިތަކުގެ އިތުރުން ރަށަށް އުދައެރުމާއި ކުދި ޑިންގީ ފަހަރު ފަޅަށް ވަދެނިކުމެ ހެދުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އެދެވޭ ހައްލެއް ފަހިވެގެންދާނެއެވެ.

އަހަރު 1980 ގައި ވުޖޫދަށް އައި އެމްޓީސީސީ އަކީ ވޭތުވެދިޔަ 44 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ އެތައް މަޝްރޫޢެއް ފުރިހަމަކޮށްދީފައިވާ އިތުބާރުހުރި ކުންފުންޏެކެވެ. މީގެއިތުރުން، ޤައުމުގެ ތަރައްޤީއާއި އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރުމުގައިވެސް އެ ކުންފުނިން ވަނީ މުހިންމު ހިއްސާއެއް ވެދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450