Ads by Farudhun

ޚަބަރު

ދަނގެތީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ބާރަށް ކުރިއަށްދަނީ

ދަނގެތީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ބާރަށް ކުރިއަށްދަނީ

މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓިސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 އޯގަސްޓު 2026، 11:54

20 އޯގަސްޓު 2026، 11:54

އދ. ދަނގެތީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން އެތެރޭގެ އެއްގަމުތޮށީގެ ބްލޮކް އަތުރުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގައި ކުރިއަށްދަނީ ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ދަނގެތީގައި މިހާރު ތަރައްޤީކޮށްފައިވާ ބަނދަރަކީ 700 ފޫޓު ދިގު 300 ފޫޓް ފުޅާ ބަނދަރެކެވެ. އެއީ ދައުލަތުން 51.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2018 ވަނަ އަހަރު ނިންމާފައިވާ ބަނދަރެކެވެ. ނަމަވެސް ބަނދަރުގެ ޖާގައިގެ ދަތިކަމާއި،  ލަފާފުރުމުގެ ދަތިކަން  ބޮޑުވުމާއި ގުޅިގެން ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.



އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި 35،500  ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 69،500 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 33،600 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރުން ހިމެނެއެވެ.

އަދި މީގެ އިތުރުން، 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 389 މިޓަރުގެ އެއްގަމު ތޮށި ލުމާއި، 35 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް އެޅުމާއި، 3،052 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމުގެ އިތުރުން މަގު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިއީ ސަރުކާރުގެ ބަޖެޓުން 71.16 މިލިއަން ރުފިޔާގެ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450