Ads by Farudhun

ޚަބަރު

އެޗްޑީސީގެ އިދާރީ ޚަރަދުތަކުން 137 މިލިއަން ސަލާމަތްކޮށް، ސާފު ފައިދާ 2 ބިލިއަނަށް އަރައިފި

އެޗްޑީސީގެ އިދާރީ ޚަރަދުތަކުން 137 މިލިއަން ސަލާމަތްކޮށް، ސާފު ފައިދާ 2 ބިލިއަނަށް އަރައިފި

އެޗްޑީސީ ފޮޓޯ: އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޯގަސްޓު 2026، 01:18

20 އޯގަސްޓު 2026، 01:18

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިދާރީ ޚަރަދުތަކުން 137 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކޮށް، ކުންފުނީގެ މާލީ ހިންގުން ވަރަށް ބޮޑަށް ހަރުދަނާކޮށްފި ކަމަށް އެ ކުންފުނީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޑީސީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރު އިދާރީ ޚަރަދުގެ ގޮތުގައި 848.2 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް، 2024 ވަނަ އަހަރު އެ އަދަދު ވަނީ 710.8 މިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ. މިއީ ގާތްގަނޑަކަށް 16.2 އިންސައްތައިގެ ދަށްވުމެކެވެ. މީގެއިތުރުން ވިއްކި މުދަލާއި ޚިދުމަތުގެ ޚަރަދުވެސް ވަނީ 2.71 ބިލިއަނުން 2.51 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.

ކުންފުނީގެ ކޭޝް ފްލޯއަށް ބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައެވެ. އެގޮތުން 2023 ވަނަ އަހަރު އޮޕަރޭޓިންގ މަސައްކަތްތަކުން 825.2 މިލިއަން ރުފިޔާގެ ނެގެޓިވް ކޭޝް ފްލޯއެއް ރެކޯޑުކުރެވިފައި ވަނިކޮށް، 2024 ވަނަ އަހަރު އޮޕަރޭޓިންގ މަސައްކަތްތަކުން ލިބުނު ފައިސާ ވަނީ 157.8 މިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން، އެ އަހަރު 1.96 ބިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކައި، ދިގު މުއްދަތުގެ ލޯނުތަކުގެ އަދަދު 8.26 ބިލިއަން ރުފިޔާއިން 7.48 ބިލިއަން ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ.

މާލީ ޚަރަދުތަކަށް ބަލާއިރު، އިންޓްރެސްޓްގެ ގޮތުގައި ލިބުނު އާމްދަނީ 1.07 ބިލިއަން ރުފިޔާއަށް އިތުރުވެ، ނެޓް ފައިނޭންސް އާމްދަނީގެ ގޮތުގައި 323.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ނިމިދިޔަ 2024 ވަނަ އަހަރު އެޗްޑީސީގެ ޖުމްލަ އާމްދަނީ 3.54 ބިލިއަން ރުފިޔާއަށް ދަށްވި ނަމަވެސް، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 2.01 ބިލިއަން ރުފިޔާ ލިބިފައެވެ. މި ބޮޑު ފައިދާ ހާސިލުކުރުމުގައި އިންވެސްޓްމަންޓް ޕްރޮޕަޓީތަކުގެ އަގަށް އައި ކުރިއެރުމުން ލިބުނު 1.36 ބިލިއަން ރުފިޔާ އަދި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު 1.89 ބިލިއަން ރުފިޔާ މުހިންމު ދައުރެއް އަދާކުރިއެވެ.

މާލީ އަހަރު ނިމުނުއިރު އެޗްޑީސީގެ ޖުމްލަ އެސެޓްސްގެ އަގު 42.52 ބިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރާ އިންވެސްޓްމަންޓް ޕްރޮޕަޓީގެ އަގަކީ 25.64 ބިލިއަން ރުފިޔާއެވެ. މީގެއިތުރުން ލިބެންޖެހޭ ފައިސާ އަދި ލޯނުގެ ގޮތުގައި 12.18 ބިލިއަން ރުފިޔާ، އިންވެންޓްރީގައި 3.78 ބިލިއަން ރުފިޔާގެ މުދާ އަދި ފައިސާގެ ގޮތުގައި 321.7 މިލިއަން ރުފިޔާ ހުއްޓެވެ. އަދި ހަމައެއާއެކު ކުންފުނީގެ ލަޔަބިލިޓީސް ވަނީ 14.71 ބިލިއަން ރުފިޔާއިން 14.09 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450