Ads by Farudhun

ޚަބަރު

ބ. މާޅޮހު ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 84 އިންސައްތަ ނިމިއްޖެ

ބ. މާޅޮހު ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 84 އިންސައްތަ ނިމިއްޖެ

ަބ.މާޅޮހު ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ:އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޯގަސްޓު 2026، 04:53

20 އޯގަސްޓު 2026، 04:53

ބ. މާޅޮހު ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 84 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތަކުން ހާމަވެއްޖެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ދަނީ ބާކީ ހުރި މަސައްކަތްތައް ނިންމުމަށް ބާރަށް މަސައްކަތް ކުރަމުންނެވެ.

މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބޭރު ތޮށީގައި ހިލަޖެހުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ބީމް އެޅުމުގެ މަސައްކަތްތަކެވެ. މީގެއިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ބޮޑުހިލަ އެތުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ޖުމްލަ 69.4 މިލިއަން ރުފިޔާ ގެ މި މަޝްރޫޢުގެ ދަށުން 310 މީޓަރުގެ އެއްގަމުތޮށި ލުމާއި، 370 މީޓަރުގެ ބޭރުތޮށި ލުމާއި، 266 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެއިތުރުން 376 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 36,527 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

ހަމައެއާއެކު، ބަނދަރު ސަރަޙައްދުގައި 1,475 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 11 މީޓަރު 11 މީޓަރުގެ ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު އަދި 1.5 މީޓަރު ފުޅާ ކޮންކްރީޓް ފާލަމެއް އެޅުން ވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން މޫރިންގ ރިންގު ހަރުކުރުމާއި، ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450