Ads by Farudhun

ޚަބަރު

ސަލާންޖަހަން އުޅުނު އަންހެނެއްގެ އަތުން 46،000 އަށް ވުރެ ގިނަ ޑޮލަރު ހޯދައިފި

ސަލާންޖަހަން އުޅުނު އަންހެނެއްގެ އަތުން 46،000 އަށް ވުރެ ގިނަ ޑޮލަރު ހޯދައިފި

ސަލާންޖަހަން އުޅުނު އަންހެނެއްގެ އަތުން 46،000 އަށް ވުރެ ގިނަ ޑޮލަރު ހޯދައިފި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޯގަސްޓު 2026، 06:30

20 އޯގަސްޓު 2026، 06:30

ޖޯޑަންގެ ވެރިރަށް އައްމާނުގެ ޑައުންޓައުން ސަރަހައްދުގައި ސަލާންޖަހަން އުޅުނު އަންހެނެއްގެ އަތުން 46،600 އެމެރިކާ ޑޮލަރު ފެނުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފި ކަމަށް އެ ޤައުމުގެ މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމަންޓުން ބުދަ ދުވަހު ހާމަކޮށްފިއެވެ.

ޖޯޑަންގެ ޕެޓްރާ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަންހެންމީހާއަކީ މީގެ ކުރިންވެސް "ޕްރޮފެޝަނަލް" ކޮށް ސަލާންޖެހުމުގެ އަމަލުތަކުގައި ބައިވެރިވެފައިވާ މީހެކެވެ. އަދި އޭނާ ކޮންމެ ދުވަހަކު ސަލާންޖަހައިގެން ހޯދާ ފައިސާ ބޭރު ފައިސާއަށް ބަދަލުކުރަމުން ގޮސްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް، ކަމާބެހޭ ފަރާތްތަކުން މި އަންހެންމީހާގެ ޤައުމު އަދި އޭނާ އެ ފައިސާ އެއްކުރަމުން ދިޔައީ ކިހާ ދުވަހެއް ވަންދެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އޭނާ މިހާރު ވަނީ ޝަރުޢީ އިދާރާތަކަށް ހަވާލުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އެ ޤައުމުގެ ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ މަގުމަތީގައި ސަލާންޖަހާ މީހުންނަށް ސީދާ ފައިސާ ނުދިނުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ބައެއް މީހުންނަކީ ބަލިމީހުން ކަމަށް ނުވަތަ މާލީ ގޮތުން ދަތިހާލުގައި އުޅޭ ބައެއް ކަމަށް ދައްކައިގެން މަކަރުހަދާ ބައެއް ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

އޭގެ ބަދަލުގައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކުން އެކަން ކުރަންވާނީ ރަސްމީކޮށް ހުއްދަދެވިފައިވާ ޚައިރާތީ ޖަމިއްޔާތައް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބާރުއަޅައެވެ. އަދި ސަލާންޖެހުމުގެ އެއްވެސް ޝައްކުކުރެވޭ ހަރަކާތެއް ފެނިއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. މިފަދަ ކަންކަން ހުއްޓުވުމަށް އެ ޤައުމުގެ އެކި ސަރަހައްދުތަކުގައި ޚާއްސަ އިންސްޕެކްޝަން ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450