Ads by Farudhun

ޚަބަރު

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލެއް، މިފަހަރު ނިޞާބު ވަނީ ދަށްކޮށްފަ

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލެއް، މިފަހަރު ނިޞާބު ވަނީ ދަށްކޮށްފަ

ޒަކާތް ބަލައިގަތުން. ފޮޓޯ: ޒަކާތް ހައުސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޯގަސްޓު 2026، 07:19

20 އޯގަސްޓު 2026، 07:19

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރު މިއަދުން ފެށިގެން ދަށްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސިންގއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 19،266.10 ރުފިޔާއެވެ. މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން، މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު މުދަލު ޒަކާތުގެ ނިޞާބު ވަނީ 19،527.90 ރުފިޔާއިން 21،836.50 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އަދި މުދަލު ޒަކާތް ދެއްކުމަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ.

ރާއްޖޭގެ ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރަށްވެސް ބަދަލު އާދެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ޤައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަޤީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ނިޞާބު ކަނޑައެޅުމެވެ.

މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް މުދަލު ޒަކާތް ދައްކަމުން އައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. އެގޮތުން އޮންލައިންކޮށް މީރާއަށް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާގެ ވެބްސައިޓު މެދުވެރިކޮށް ބަލައިލެވޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450