Ads by Farudhun

ޚަބަރު

ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހަށް ގަޕޯ އާއި ޝަމްހީދު ވެސް ވޯޓު ދިން

ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހަށް ގަޕޯ އާއި ޝަމްހީދު ވެސް ވޯޓު ދިން

އެމްޑީޕީގެ ޑރ. އަޙްމަދު ޝަމްހީދު އަދި ޢަބްދުލްޣަފޫރު މޫސާ / ފޮޓޯ: މަޖިލިސް

farudhun logo

ފަރުދުން

20 އޯގަސްޓު 2026، 11:04

20 އޯގަސްޓު 2026، 11:04

ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅި ހުށަހެޅުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ކަމަށްވާ ޑރ. އަޙްމަދު ޝަމްހީދު އަދި ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވޯޓު ދެއްވިކަން ހާމަވެއްޖެއެވެ.

މި ދެ ބޭފުޅުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދެ މެންބަރުންނެވެ. މިކަން ހާމަވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ މާލިއްޔަތު ކޮމިޓީގެ ރިޕޯޓުންނެވެ.

މި ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި އަނބުރާ ކޮމިޓީއަށް ފޮނުއްވުމާ ގުޅިގެން ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. މި އިޞްލާޙުތައް ކޮމިޓީން ފާސްވެފައިވަނީ އެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ. އޭގެ ތެރޭގައި ޑރ. ޝަމްހީދު އަދި ގަޕޯ ވެސް ހިމެނިވަޑައިގަންނަވައެވެ.



މީގެއިތުރުން، މި ބައްދަލުވުމުގައި ބިލުގެ މަސައްކަތް އެއްކޮށް ނިންމާނެ ސުންގަޑިއަކީ 20 އޮގަސްޓު 2026 ކަމުގައި ކަނޑައެޅުމަށް ހުށަހެޅުނު ހުށަހެޅުމަށް ވެސް ކޮމިޓީގެ ހުރިހާ މެންބަރުން ވަނީ އިއްތިފާޤުން ތާއީދުކުރައްވާފައެވެ.

ނަމަވެސް، ކޮމިޓީން ގެނައި އިޞްލާޙުތަކާއެކު ބިލު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނެގުނު ފަހު ވޯޓުގައި ގަޕޯ އަދި ޑރ. ޝަމްހީދު ވޯޓު ދެއްވާފައިވަނީ އެ ނިންމުމާ ދެކޮޅަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450