Ads by Farudhun

ޚަބަރު

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އަމާން ޓަވަރުތައް ކައިރީ ގަސް އިންދައިފި

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އަމާން ޓަވަރުތައް ކައިރީ ގަސް އިންދައިފި

މި ހަރަކާތުގެ ތެރެއިން. ފޮޓޯ: އެފްޑީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 އޯގަސްޓު 2026، 01:36

21 އޯގަސްޓު 2026، 01:36

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، އަމާން އުދަރެސް ޓަވަރުތައް ކައިރީ ގަސްއިންދާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވިދާޅުވެއްޖެއެވެ.

20 އޮގަސްޓް 2026 ގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތުގެ ދަށުން ގަސް އިންދާފައި ވަނީ އަމާން އުދަރެސް ޓަވަރު 14 ގެ ޕާކިން އޭރިއާ ސަރަހައްދުގައި ކަމަށް އެފްޑީސީއިން ވިދާޅުވެއެވެ.

މި ހަރަކާތުގައި އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލާއި، ޑީއެމްޑީ އިބްރާހިމް ރައްޒާނާއި، ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޒީމް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އެފްޑީސީ އާއި އެޗްޑީސީގެ އިސްވެރިން ވެސް ވަނީ  ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ބައްދަލުވުމުގެ ތެރެއިން މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ޓަވަރުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައި ކަމަށް އެފްޑީސީއިން ވިދާޅުވެއެވެ.



ފަސް މިލިޔަން ގަސް އިންދުމުގެ ގައުމީ މަޝްރޫއަކީ ރާއްޖޭގައި ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ޤުދުރަތުގެ ފެހިކަން އިތުރުކޮށް މާޙައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ  ހާއްސަ މަސައްކަތެކެވެ. މި މަސައްކަތް 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިފްތިތާހުކުރެވުމަށްފަހު މިހާރު ވަނި، 1.6 މިލިއަނަށް ވުރެ ގިނަ ގަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންދާފައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރުން ފަށާފައިވާ މި ޕްރޮޖެކްޓަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ޕްރޮގްރާމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450