Ads by Farudhun

ޚަބަރު

މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓުގެ %85 މަސައްކަތް ނިންމައިފި

މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓުގެ %85 މަސައްކަތް ނިންމައިފި

މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓު. ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 އޯގަސްޓު 2026، 04:17

21 އޯގަސްޓު 2026، 04:17

ލ. މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓުގެ %85 މަސައްކަތް ނިމިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް އެ މަޝްރޫއުގެ އަދާހަމަ ހިއްސާކުރައްވަމުންނެވެ. 

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އައިސްޕްލާންޓްގެ ޑީސެލް ޓޭންކް ބެޖެއްޓުމުގެ މަސައްކަތާއި، ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ.

ލ. މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓާއިއައިސް ސްޓޯރޭޖް ފެސިލިޓީ ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 21 އޮކްޓޯބަރު 2025 ގައެވެ. މަޝްރޫއުގެ އަމަލީ މަސައްކަތްފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާއި ގާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ. މާބައިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔަތުގެ ތެރެއިންނެވެ.



މިއީ  އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މަޝްރޫއުގެ ދަށުން އެ ރަށުގައި  ގާއިމްކުރަނީ 25 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ އެކެވެ.

އައިސް ޕްލާންޓުގެ މަސައްކަތް ނިމުމުން މި ސަރަހައްދުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.  އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މިކަމުގެ މަންފާކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައިވާކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450