ޚަބަރު
ހުޅުމާލޭ "މެޑަމް މިސްކިތް" ކައިރީގައި އެކްސިޑެންޓެއް ހިނގައިފި
މެޑަމް މިސްކިތް ކައިރީ ސައިކަލެއް އެކްސިޑެންޓްވެފައި ފޮޓޯ: ފަރުދުން
ހުޅުމާލޭ ރެހެންދި ސްކޫލް ކައިރި، ޗަންޕާމަގުގައި ހުންނަ މަސްޖިދުލް ވާލިދައިން (އާންމު ނަމުން ނަމަ މެޑަމް މިސްކިތް) ކުރިމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި އެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލު ލިބެމުންދާ ވަރަކަށް ގެނެސްދެވޭނެއެވެ.