Ads by Farudhun

ޚަބަރު

ރާއްޖޭގައި މިހާތަނަށް ބިނާ ކުރާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ރާއްޖެ އިސްލާމްވި ދުވަހު ފަށަނީ

ރާއްޖޭގައި މިހާތަނަށް ބިނާ ކުރާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ރާއްޖެ އިސްލާމްވި ދުވަހު ފަށަނީ

ރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތުގެ ޑިޒައިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޯގަސްޓު 2026، 11:48

22 އޯގަސްޓު 2026، 11:48

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރެނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ހުޅުމާލޭގައި އަޅާ ބޮޑު މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީހާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއަކަށް ކަމަށެވެ. އަދި މި މިސްކިތް ވާނީ އީމާންކަމާއި އިލްމާއި ވަހުދަތު ފަތުރައިދޭ މުހިންމު މަރުކަޒަކަށާއި، ރާއްޖޭގެ 900 އަހަރުވީ އިސްލާމީ ތާރީހާއި ހިދުމަތް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭ އަގުހުރި ތަރިކައަކަށް ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ދެމެދުގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ބޮޑު މިސްކިތް އެޅުމަށް ބޭނުންވާ ބިން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފައެވެ. ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައެއް ހިމެނޭ މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައިވާ މުހިންމު މަޝްރޫޢެކެވެ.

މި މިސްކިތް ކޮމްޕްލެކްސްގައި ނަމާދު ކުރާނެ ޖާގައިގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމު ވަސީލަތްތައް ހިމެނޭނެއެވެ. މި މަޝްރޫޢަށް ފައިނޭންސް ކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ސަރުކާރުން މިހާރު ދަނީ ރާއްޖެ އިސްލާމްވި ދުވަހު މިސްކިތުގެ ބިންގާ އެޅުމަށް ބޭނުންވާ އެންމެހައި ތައްޔާރީތައް ވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450