Ads by Farudhun

ޚަބަރު

މިމަހުގެ 20 ގެ ނިޔަލަށް މަސްވެރިންނަށް 20.2 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފި

މިމަހުގެ 20 ގެ ނިޔަލަށް މަސްވެރިންނަށް 20.2 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފި

ދޮށީގެ މަސްވެރިކަން ކުރަނީ - ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

22 އޯގަސްޓު 2026، 01:19

22 އޯގަސްޓު 2026، 01:19

މި ހިނގާ އޯގަސްޓް މަހުގެ 20 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސްވެރިން ކިރުވި މަހަށް، ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އިން 20.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ޖުމްލަ 20،214،445 (ވިހި މިލިއަން ދެ ލައްކަ ސާދަ ހާސް ހަތަރު ސަތޭކަ ސާޅީސް ފަސް) ރުފިޔާ ވަނީ ދީ ޚަލާޞްކޮށްފައެވެ.

މި މުއްދަތުގައި އެ ކުންފުންޏަށް މަސްވެރިން ވަނީ ޖުމްލަ 1008.15 ޓަނުގެ މަސް ކިރުވާފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ކަޅުބިލަމަހެވެ. އެގޮތުން:

  • ކަޅުބިލަމަހުގެ ގޮތުގައި 985.55 ޓަނު ކިރުވާފައިވާއިރު، އެ މަހަށްވާ ފައިސާގެ ގޮތުގައި 19،718،040 (ނަވާރަ މިލިއަން ހަތް ލައްކަ އަށާރަ ހާސް ސާޅީސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.
  • ބޮޑުކަންނެލި ކިރުވި ދޯނިތަކަށް 496،405 (ހަތަރު ލައްކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ ފަސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

މަސްވެރިން ބާނާ މަހަށް ކިރުވާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މަސްވެރިން ބާނާ މަހަށް ދޭންޖެހޭ ފައިސާ ޤަވާއިދުން ދެމުން ގެންދިއުމަކީ މި ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މަސްވެރިންގެ ޙައްޤުތައް ކަށަވަރުކުރުމަށް ދެއްވާ ޚާއްޞަ އިސްކަމެއްގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450