Ads by Farudhun

ޚަބަރު

އޯޕީޓީ ކޯޑު ހިއްސާކުރުމުން 92،000ރ. ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

އޯޕީޓީ ކޯޑު ހިއްސާކުރުމުން 92،000ރ. ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މައްސަލައިގައި ހައްޔަރުކުރި ދެ މީހުން---

farudhun logo

ފަރުދުން

22 އޯގަސްޓު 2026، 08:45

22 އޯގަސްޓު 2026، 08:45

ޓެލެގްރާމް ގްރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ކޯޑު ހިއްސާކުރުމުން އެކައުންޓުން 92،000 އަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން ފައިސާތަކެއް ދައުރުކޮށް، ނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ޝަކުވާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި، ފައިސާ ޖަމާވި އެކައުންޓުގެ ވެރިފަރާތާއި އެ އަމަލުގައި ބައިވެރިވި އިތުރު މީހަކު ވަނީ ޖެހިގެން އައި އަންގާރަ ދުވަހު ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށީ ފައިންޕާކް، މުހައްމަދު ފަޒީލް (32އ) އަދި ގދ. ފިޔޯރީ ފައިންބީޗް، އަބްޝަރު ރަޝީދު (38އ) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މި ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން މައްސަލަ ތަހުގީގުކުރުމަށް އަމުރުކޮށްފައެވެ.

މިފަދަ ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، އޮންލައިންކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، ބޭންކުން ފޮނުވާ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އޮންލައިންކޮށް އެކި ވިޔަފާރިތަކާއި ފައިސާގެ މުއާމަލާތްތައް ހިންގާއިރު، މުއާމަލާތްކުރާ ފަރާތަކީ ސައްހަ ފަރާތެއްކަން ކަށަވަރުކުރުމަށާއި، އަމިއްލަ ޒާތީ މައުލޫމާތާއި ބޭންކިން ތަފުސީލުތައް އެހެން މީހުންނާ ހިއްސާނުކުރުމަށް ވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450