Ads by Farudhun

ޚަބަރު

ނައިވާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

ނައިވާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 އޯގަސްޓު 2026، 11:15

23 އޯގަސްޓު 2026، 11:15

ހދ. ނައިވާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ޕްރޮޖެކްޓް ސައިޓުގައި ކޮލަމް އަދި ބީމްތަކަށް ބޭނުންވާ ރިންގު (ރީއިންފޯސްމަންޓް ރިންގްސް) ތައްޔާރުކުރުމުގެ މަސައްކަތްތައް ކަމަށެވެ.

މިއީ ބީމާއި ތަނބުތަކުގެ މައި ދަގަނޑުތައް ވަކިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށާއި، ލެނބިގެން ދިޔަނުދީ އެ ތަކެތީގެ ބާރުގަދަ ކުރުމުގެ ގޮތުން ވަށައިގެން ބަނުމަށް ބޭނުންކުރާ ކުދި ދަގަނޑު ރިންގެކެވެ.



ނައިވާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތަކީ ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2022 ވަނަ އަހަރު ޕަވަރ އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކާއި ހަވާލު ކުރި މަޝްރޫއެކެވެ.

މި މަޝްރޫއަށް 9,403,727.14 ރުފިޔާ ބަޖެޓުކުރެވިފައިވާ އިރު އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރެވުނީ 315 ދުވަސްތެރޭގައި ނިންމުމަށެވެ.

ނަމަވެސް މަޝްރޫއުގައި ލަސްތަކެއް ހުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މި މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.

އެމްޓީސީސީއިން އަންނަނީ ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ހިއްސާތަކެއް ވަމުންނެވެ. ރާއްޖޭގެ އެކިއެކި ރަށްރަށުގައި އެ ކުންފުނިން، އެ ރަށްރަށުގެ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މިއިން ގަނަ ޕްރޮޖެކްޓުތަކަކީ އަދުގެ ސަރުކާރުގެ އިސްނެންގެވުމުގެ ދަށުން އެ ކުންފުންޏާއި ހަވާލުކުރެވިގެން ކުރިއަށްދާ ޕްރޮޖެކްޓުތަކެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450