Ads by Farudhun

ޚަބަރު

ގޯއްޗާއި ފްލެޓުގެ ދާއިމީ ލިސްޓު ޢާންމުކުރުން ޑިސެމްބަރު މަހު

ގޯއްޗާއި ފްލެޓުގެ ދާއިމީ ލިސްޓު ޢާންމުކުރުން ޑިސެމްބަރު މަހު

ބޯހިޔާވަހިކަން އެންމެނަށް ފޯމު ހުށައެޅުމަށް އެހީތެރިކަން ދިން މޭޒުތައް. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޯގަސްޓު 2026، 12:36

23 އޯގަސްޓު 2026، 12:36

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތައް ޗެކްކުރުމަށްފަހު، ކުރިއަށް އޮތް ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު އިއުލާނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މީގެއިތުރުން، ގޯއްޗާއި ފްލެޓަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ސައްހަ ނޫން ފޯމުތައް އަލުން ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށް ވެސް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ސައްހަތޯ ބެލުމުގެ މަސައްކަތް ކަމަށެވެ. އަދި ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާތައް ކުރިއަށްދާއިރު ސައްހަ މައުލޫމާތު ކަށަވަރުކުރުމަށް ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި ޑޭޓާބޭސްތައް ބޭނުންކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ފޯމުތައް ރަނގަޅުކުރުމަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އިތުރު މުއްދަތެއް ނުދެވޭނެއެވެ. ސަބަބަކީ ޑިސެމްބަރު މަހަށް ދާއިމީ ލިސްޓު އިއުލާނުކުރަން ޖެހޭތީ ވަގުތު ކުޑަތަންވެފައިވުމެވެ. ނަމަވެސް ކައުންސިލަކުން މައުލޫމާތު ސައްހަކުރަން ވަގުތު ބޭނުންވާނަމަ އެކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެހެންނަމަވެސް އެއްވެސް މައުލޫމާތެއް ނުދީ 7 ދުވަސް ފާއިތުވެއްޖެނަމަ އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ މިހާރު ވެސް ނިންމަވާފައި މިއޮތީ މިއަހަރު ޑިސެމްބަރު މަހުގަ ދާއިމީ ލިސްޓު އިއުލާނު ކުރަން. މާނައަކީ ފްލެޓް ނުވަތަ ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު އަޅުގަނޑުމެން އާންމު ކުރާ ގޮތަށް މިއޮތީ ޑިސެމްބަރު މަހަށް ތާވަލުކޮށްފަ،" ނާޒިމް ވިދާޅުވިއެވެ.

މި ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި މިހާތަނަށް ޖުމްލަ 58،585 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ބިމަށް އެދި ހުށަހެޅި 22،575 ފޯމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450