Ads by Farudhun

ޚަބަރު

ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް 10 އިންސައްތަ އަށް ބޮޑުކުރަން ފާސްކޮށްފި

ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް 10 އިންސައްތަ އަށް ބޮޑުކުރަން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޯގަސްޓު 2026، 01:26

23 އޯގަސްޓު 2026، 01:26

ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް 10 އިންސައްތައަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް މި އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ 54 މެންބަރުންގެ އަޣުލަބިއްޔަތު ވޯޓުންނެވެ. މި ބިލު ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ 2 މެންބަރުންނެވެ.

މި އިސްލާހު ގެނައުމުގެ މައިގަނޑު މަޤުޞަދަކީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ޤާއިމުކުރުމެވެ.

ޤާނޫނަށް ގެނެވުނު އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ، އެ ކޮންޓްރެކްޓަރުގެ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި އެ ދޭ ފައިސާގެ 10 އިންސައްތަ ދައްކަންޖެހޭނެއެވެ. މީގެކުރިން ޤާނޫނުގައި އޮތްގޮތުން މިފަދަ ފަރާތްތަކުން ދައްކަންޖެހެނީ ޖުމްލަ ފައިސާގެ 5 އިމްސައްތައެވެ.

މި ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އެގޮތުން މި އިސްލާހާ ގުޅިގެން އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450