ކުޅިވަރު

ހާލަންޑު އައު ސީޒަން ފެށީ މުޅިން އެހެން ސިފައެއްގައި

ހާލަންޑު އައު ސީޒަން ފެށީ މުޅިން އެހެން ސިފައެއްގައި

ހާލަންޑު / ފޮޓޯ: އޭއެފްޕީ

farudhun logo

ފަރުދުން

23 އޯގަސްޓު 2026، 07:12

23 އޯގަސްޓު 2026، 07:12

މެންޗެސްޓާ ސިޓީގެ މަޝްހޫރު ފޯވާޑް އާލިން ހާލަންޑް އައު ފުޓްބޯޅަ ސީޒަނަށް ނުކުތީ އޭނާގެ ސިފައަށް ބޮޑު ބަދަލެއް ގެނެސްގެންނެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އާދަޔާ ޚިލާފު މޮޅު ގޯލްތަކެއް ޖަހައިގެން މަޝްހޫރުކަން ހޯދި ނޯވޭގެ ތަރި ހާލަންޑަކީ އޭނާގެ ދިގު އިސްތަށިގަނޑުން ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ނަމަވެސް، ޕްރިމިއާ ލީގުގެ އައު ސީޒަން ފެށުމުގެ ކުރިން އޭނާ މިވަނީ އޭނާގެ ދިގު އިސްތަށިގަނޑު ކޮށާލާފައެވެ.

ހާލަންޑްގެ އަމިއްލަ ޔޫޓިއުބް ޗެނަލްގައި އާންމުކުރި ވީޑިއޯއެއްގައި އޭނާގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލި މަންޒަރު ވަނީ ދައްކާލާފައެވެ. އަދި މި ބަދަލާ ގުޅިގެން މަޝްހޫރު އެހެން ފަރާތްތަކުގެ ޚިޔާލު ހޯދުމަށް އޭނާ ވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް ވާހަކަދައްކާފައެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ސްޓްރައިކަރު ޒްލަޓާން އިބްރަހިމޮވިޗް، މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ، އޮއޭސިސް ބޭންޑުގެ ލަވަކިޔުންތެރިޔާ ނޮއެލް ގަލަގާ އަދި ޓީމުގެ ކުޅުންތެރިޔާ ޖެކް ގްރީލިޝް ހިމެނެއެވެ.

ހާލަންޑް ބުނި ގޮތުގައި އިބްރަހިމޮވިޗް ވަނީ އިސްތަށިގަނޑު ނުކޮށުމަށް އޭނާއަށް ކުރިން ނަސޭހަތްތެރިވެފައެވެ. 

މެންޗެސްޓާ ސިޓީއަށް ކުޅުނު ހަތަރު ސީޒަނުގެ ތެރެއިން ތިން ސީޒަނެއްގައި ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ހާލަންޑް ވަނީ ނިމިދިޔަ ހޫނުމޫސުމުގައި ނޯވޭ ގައުމީ ޓީމާއެކު ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން، 1998 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ނޯވޭ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ގެންގޮސްދިނުމުގައި ހަތް ގޯލު ޖަހައިގެން އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450