Ads by Farudhun

ޚަބަރު

ނައިފަރުގައި ހިއްކި ބިމުގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި

ނައިފަރުގައި ހިއްކި ބިމުގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި

މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 އޯގަސްޓު 2026، 08:54

24 އޯގަސްޓު 2026، 08:54

ޅ. ނައިފަރުގައި ހިއްކި ބިމުގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ނައިފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ދައުލަތުގެ ބަޖެޓުން 679 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ  ދަށުން ނައިފަރުގައި 44.8 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. 



މި މަޝްރޫއުގެ ދަށުން އެމްޓީސީސީއިން 1813 މީޓަރުގެ ސަރަހައްދެއް ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުމާއި، 474 މީޓަރުގެ ދިގުމިނަށް ގްރޮއިން ޖެހުމުގެ އިތުރުން، 803 މީޓަރުގެ ބޭރުތޮއްޓެއްލުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ.

630 ދުވހުގެތެރޭ ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލު ކުރި މި މަޝްރޫއު ނިމުމަކީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ރަށުގެ ތަރައްޤީއަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ހަމައެއާއެކު، ނައިފަރުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ ވެސް އެމްޓީސީސީއާއެވެ. އެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ވަރަށް ހަލުވިކަމާއެކު ފުރިހަމަކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450