Ads by Farudhun

ޚަބަރު

ރާއްޖޭގެ ކްލައިމެޓް އިންވެސްޓްމަންޓް ޕްރޮފައިލް ގްރީން ޓެކްނޮލޮޖީ ކުންފުނިތަކާ ހިއްސާކޮށްފި

ރާއްޖޭގެ ކްލައިމެޓް އިންވެސްޓްމަންޓް ޕްރޮފައިލް ގްރީން ޓެކްނޮލޮޖީ ކުންފުނިތަކާ ހިއްސާކޮށްފި

ސެމިނާ އޮން ގްރީން އެންޑް ލޯ-ކާބަން ޑިވެލޮޕްމަންޓް ފޯ މޯލްޑިވްސް. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 އޯގަސްޓު 2026، 09:28

24 އޯގަސްޓު 2026، 09:28

ގްރީން ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާ ދިވެހިރާއްޖޭގެ "ކްލައިމެޓް އިންވެސްޓްމަންޓް ޕްރޮފައިލް" ހިއްސާކޮށްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި މަޢުލޫމާތު ހިއްސާކޮށްފައިވަނީ "ސެމިނާ އޮން ގްރީން އެންޑް ލޯ-ކާބަން ޑިވެލޮޕްމަންޓް ފޯ މޯލްޑިވްސް" ގެ ތެރެއިން ކުރިއަށްދިޔަ އެންޓަޕްރައިޒް އެކްސްޗޭންޖް ސެޝަންގައެވެ. 

ދިވެހި ވަފުދުގެ ފަރާތުން މި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ ސީނިއާ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރު އަޙްމަދު މަޢުސޫމެވެ.



މި ބައްދަލުވުމުގައި އަޙްމަދު މަޢުސޫމް ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ތިމާވެށްޓާ ރައްޓެހި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގައި ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން ބައިވެރިވި ފަރާތްތަކަށް ތަފްސީލު ދެއްވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފެހި ޓެކްނޮލޮޖީ ކުންފުނިތަކާއެކު ގުޅުން ގާއިމުކޮށް، ރާއްޖެއަށް މުހިންމު ޒަމާނީ އަދި ތިމާވެށްޓާ ރައްޓެހި އީޖާދުތަކާއި އިންވެސްޓްމަންޓްތައް ހޯދުމަށް މަގުފަހިކުރުން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 

އަދި މި ސެމިނާގެ ސަބަބުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެހީތެރިކަން ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450