Ads by Farudhun

ޚަބަރު

ދުނިޔެއަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުން: ވަޒީރު ސަޢީދު

ދުނިޔެއަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުން: ވަޒީރު ސަޢީދު

ވަޒީރު ސަޢީދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޯގަސްޓު 2026، 12:41

24 އޯގަސްޓު 2026، 12:41

ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއި ކުރިމަތިވާ މާލީ ގޮންޖެހުންތަކުން ރާއްޖޭގެ އިޤްތިޞާދު ރައްކާތެރިކުރުމަށް ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، ބައިނަލްއަޤްވާމީ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ބޮޑު ދަރަންޏެއް އޮތް ނަމަވެސް، އެ ދަރަނިތައް ދެއްކުމުގެ ކަންކަން ސަރުކާރުން ވަރަށް ފަރުވާތެރިކަމާއެކު މެނޭޖްކުރަމުންދާ ކަމަށެވެ. އަދި މެދުއިރުމަތީގެ ހަނގުރާމަ އާއި ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ތެލާއި ގޭސް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޚާއްޞަ ކްރައިސިސް ކޮމިޓީއެއް އުފައްދަވައިގެން ސަރުކާރުން މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ފާއިތުވި ދުވަސްތަކުގައި ހަނޑޫ، ހަކުރު، ފުށް އެކަނި އަސާސީ މުދަލުގެ ގޮތުގައި ބެލި ނަމަވެސް، މި ސަރުކާރުން ވަނީ އިތުރު 23 ބާވަތެއް ދެނެގަނެ، މާކެޓުގައި އަގުތައް ހަމައަކަށް އެޅުވުމަށް ކޯޑިނޭޓެޑް މަސައްކަތްތަކެއް ކޮށްފައި. މީގެ އިތުރުން 164 ބާވަތެއްގެ އަގު ދުވަހުން ދުވަހަށް މޮނިޓަރ ކުރަމުން މިދަނީ.

ރާއްޖޭގެ ބާޒާރުގެ އަގުތައް ހިފެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ޑައިވަރސިފައި ކުރުމުގެ ގޮތުން 2030 ވަނަ އަހަރާ ހަމައަށްދާއިރު ޖީޑީޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދުން ލިބޭ އާމްދަނީއަށް ހެދުމަށާއި، ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާގައި 11 ބިލިއަން ޑޮލަރުގެ މަޝްރޫޢުތައް ކުރިއަށްދާކަން ފާހަގަކުރައްވައި، މިއީ އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450