Ads by Farudhun

ޚަބަރު

މާލީ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުތަކެއް ގެނައުމަކީ އަމާޒެއް: ގަވަރުނަރު މުނައްވަރު

މާލީ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުތަކެއް ގެނައުމަކީ އަމާޒެއް: ގަވަރުނަރު މުނައްވަރު

ގަވަރުނަރު މުނައްވަރު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޯގަސްޓު 2026، 02:27

24 އޯގަސްޓު 2026، 02:27

2030 ވަނަ އަހަރު އަންނައިރު ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުތަކެއް ގެނައުމަކީ އަމާޒެއްކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ޑޮލަރުން ގިނަ އަދަދެއްގެ މާލީ މުއާމަލާތްތައް ހިންގަމުންދާ ކަމަށާއި އެމްއެމްއޭއިން ބޭނުންވަނީ 2030 ވަނަ އަހަރާ ހަމައަށް މިކަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. އަދި ރާއްޖެ ވާންޖެހޭނީ ހުރިހާ މުއާމަލާތެއްވެސް ދިވެހި ރުފިޔާއިން ހިންގާ ގައުމަކަށް ކަމަށާއި، މިއީ މީގެ ކުރިން ގަވަރުނަރުގެ މަޤާމު ފުރުއްވި ހުރިހާ ބޭފުޅުންގެ ވެސް އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުސާރަތައް ވެސް މިހާރު އެ ދެއްވަނީ މިސާލަކަށް ޓީއެމްްއޭއިން ބެލިކަމުގައި ވިޔަސް، ރިސޯޓުތަކަށް ބެލިކަމުގައިވިޔަސް ޑޮލަރުން އިނގޭތޯ، އެހެންވީމާ ޑޮލަރުން މުސާރަ ދިނުމުގެ ކަންތައްތަކަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭނެ. އޭރުން ހަގީގަތުގައި ދިވެހި ރުފިޔާއަށް އޮންނަ ޑިމާންްޑު އިތުރުވެގެންދާނީ.

ޑޮލަރުން ކުރާ މުއާމަލާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވިއެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރަށް ބިމު ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ބޭރު ފައިސާއިން ދައްކަމުންދާ ކަމަށާއި، އެއީ ވެސް ބަދަލުކުރަން ޖެހޭ ކަމެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި މިވަގުތު ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައި ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.

މެކްރޯ ބަދަލުތަކެއް ވެސް ގެންނަން ޖެހޭނެ. އެގޮތަށް ބަޖެޓުގެ ސިޔާސަތަށް ވެސް ސްޓެބިލައިޒޭޝަނަށް އަންނަން ޖެހޭނެ. އަޅުގަނޑުމެންގެ ވިޝަންއަކީ ރާއްޖޭގައި އޮންނަން ޖެހޭނީ މެނޭޖްޑް-ފްލޯޓެއް ކަހަލަ ގޮތަކަށޭ. މެނޭޖްޑް ފްލޯޓަކަށް ދާއިރު ވެސް އެމްއެމްއޭގެ ރިޒާވެއް ހުންނަން ޖެހޭ.

ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 އިންސައްތަ މާރުކުރަން އޮތް އޮތުން 40 އިންސައްތައަށް ބަދަލުކުރުމަށް ބޭރު ފައިސާގެ ގާނޫނަށް އިތުރު އިސްލާހެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި ކޮންމެ ތިން މަހަކުން ޑޮލަރު މާރުކުރަން އޮންނަ އޮތުން އެއް މަސް ދުވަހަށް ބަދަލުކުރުމަށް ހުށަހެޅުމުގެ އިތުރުން، ޑޮލަރުން ލިބޭ އާމްދަނީ ހޭދަކުރާ ގޮތް މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މިފަހުން ސަރުކާރުން ވަނީ ބޭރު ފައިސާގެ ގާނޫނުގައި އޮތް ކޮންމެ ރިސޯޓަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ދީފައިވާ އިޚުތިޔާރު އުވާލައި، އާމްދަނީގެ 20 އިންސައްތަ އެކަނި މާރުކުރަން ޖެހޭ ގޮތަށް އިސްލާހު ހުށަހަޅާފައެވެ. މި ބިލުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާއާއި މާލީ އިދާރާތައް ފިޔަވައި، ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރަންޖެހޭ މިންވަރު ލުއިކުރުމާއި، ގާނޫނުން ލާޒިމުވާ މިންވަރަށް ފައިސާ މާރުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.

މި އިސްލާހުގައިވާ ގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ އިތުރުން ފާއިތުވި އަހަރު ބޭރު ފައިސާއިން މަދުވެގެން 25 މިލިއަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކަށެވެ. ކުރިން މި އަދަދު ކަނޑައެޅިފައި އޮތީ 15 މިލިއަން އެމެރިކާ ޑޮލަރުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450