Ads by Farudhun

ޚަބަރު

ނިލަންދޫގައި ތަރައްގީކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިންމައިފި

ނިލަންދޫގައި ތަރައްގީކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިންމައިފި

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 އޯގަސްޓު 2026، 12:49

25 އޯގަސްޓު 2026، 12:49

ފ. ނިލަންދޫގައި ސަރުކާރުން ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުން އެ ރަށުގައި ބިނާކުރައްވާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް  ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 

ރާއްޖޭގެ އެކި ރަށްތަކުގައި މިސްކިތްތައް ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މި މިސްކިތުގެ ބާކީ ހުރި މަސައްކަތްތައް ނިންމައި، ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.



ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި  ޒަމާނާ އެއްގޮތަށް މިސްކިތްތައް ޤާއިމުކޮށް، އެ ތަންތަނަކީ އަޅުކަން ކުރުމުގެ އިތުރުން ޤުރުއާން އުނގަންނައިދިނުމާއި އިސްލާމީ ތަޢުލީމާއި ހޭލުންތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަކަށް ބަދަލުކުރުމަކީ މި ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެކެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ޢިމާރާތްކުރުމުގެ މަޝްރޫޢުތައް ސަރުކާރުން ދަނީ ހިންގަމުންނެވެ. މިގޮތުން އައު މަޝްރޫޢުތައް ފެށުމާއި، މެދުކެނޑިފައިވާ މަސައްކަތްތައް އަލުން ކުރިއަށް ގެންދިއުމުގެ މަސައްކަތްވެސް ކުރެވެމުންދެއެވެ. މިގޮތުން ބިނާކުރެވޭ މިސްކިތްތަކުގައި އަންހެނުންނަށް ނަމާދުކުރުމަށް ޚާއްޞަ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450