Ads by Farudhun

ޚަބަރު

ފައިނު ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފައިނު ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 އޯގަސްޓު 2026، 10:42

26 އޯގަސްޓު 2026، 10:42

ރ. ފައިނުގައި ބިނާ ކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެކްސްގައި ހާމަކޮށްފައިވާ ގޮތުން، މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފުރާޅުގެ މަސައްކަތްތަކެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައި ވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއެކު ހެދުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން 10 ރަށެއްގައި ޕޮލިސް ޕޯސްޓު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނެވެ. އަދި 5 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށް ވެސް އެ ކުންފުންޏާއި ހަވާލުކުރެވުނެވެ.



ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން މި މަޝްރޫއަކީ ވަރަށް ހާއްސަ އިސްކަމެއް ދީގެން ހިންގާ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ރަށްރަށުގައި އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި ޕޯސްޓުތަކުގެ އިތުރުން ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450